Advertisement
ކ. މާލެ
|
20 ޖެނުއަރީ 2019 | އާދީއްތަ 11:46
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
މުހައްމަދު ޝަރުހާން
ޒުވާން އަންހެން ކުއްޖެއްގެ ކުއްލި މަރު
ޒުވާން އަންހެން ކުއްޖާގެ ކުއްލި މަރާ ގުޅިގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި
ދޫކޮށްލީ ކްރިމިނަލް ކޯޓަށް މުއްދަތު ޖަހަން ގެންދިޔުމުން އެކޯޓުން

ހުޅުމާލޭގައި އަންހެނަކު ކުއްލިއަކަށް މަރުވި މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ. 

އުމުރުން 27 އަހަރުގެ އެ ޒުވާނާ މަރުވެފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުގައެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ, އޭނާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލަމަށް އަމުރު ކޮށްފައިވާ ކަމަށާއި، އެގޮތުން ކްރިމިނަލް ކޯޓުގެ އަމުރާއި އެއްގޮތައް އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް އެ މައްސަލައިގެ ތަޙުޤީޤު އަދިވެސް ކުރިއަށްދާ ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. 

ވިޝާމާ ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި އެންބިއުލާންސްއަށް ގުޅީ އޭނާގެ ތިން ރަހުމަތްތެރިން ކަމަށާއި، ވިޝާމާ އެންބިއުލާންސްއަށް އެރުވި ހިސާބުން މި ތިން ރަހުމަތްތެރިން "ގެއްލިފައިވާ" ކަމަށް އޭނާގެ އާއިލާއިން ވަނީ މީޑިއާތަކުގައި ބުނެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް