Advertisement
ކ. މާލެ
|
18 ޖެނުއަރީ 2019 | ހުކުރު 15:04
ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުންތަކެއް
ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުންތަކެއް
ރާއްޖެއެމްވީ
ލަތީފް ހުށައެޅުއްވި އިސްލާހު
ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕުގެ ގުޅުމަށް ބުރޫއަރާފާނެކަމުގެ އިންޒާރު އެމްޑީޕީން ދީފި
އެ އިސްލާހު ހުށައަޅާފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް
އެއީ ނަޝީދަށް ކޮށްފައިވާ ފުރައްސާރައެއް ކަމަށް ބުނެފައިވޭ

ޖޮއިންޓް ޕާރލަމެންޓްރީ ގްރޫޕްގެ ޖުމްހޫރީ ޕާރޓީއަށް ނިސްބަތްވެވަޑައިގަންނަވާ ދިއްދޫ ދާއިރާގެ މެމްބަރ ޢަބްދުލް ލަތީފު މުޙައްމަދު ހުށައެޅުއްވި އިސްލާހަކީ ރައީސް ނަޝީދަށް ކުރެއްވި ފުރައްސާރައެއް ކަމަށާއި، އޭގެ ސަބަބުން ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕްގެ ގުޅުމަށް ބުރޫއަރާފާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ. 

ހުކުރު ދުވަހު އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ އިސްލާހު ހުށައަޅާފައި ވަނީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށާއި، އެއީ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުން މަސައްކަތްކުރާ އުސޫލުތަކާ ވެސް ޚިލާފަށް ހުށައެޅި އިސްލާހެއް ކަމަށެވެ. 

އޭގެ އިތުރުން، ލަތީފް ހުށައަޅާފައިވާ އިސްލާހަކީ ނިމިދިޔަ ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފަށް އެ މެމްބަރާ މެދު ހިންގެވި އަމަލުތަކުގެ ނަތީޖާ ކަމަށާއި، އެކަމުގެ ސަބަބުން އެހެން މީހެއްގެ ސިޔާސީ ހައްޤުތަކަކަށް އަރައިގަތުމަކީ ލަތީފް ހިންގެވި ދަށުދަރަޖައިގެ ފިނޑި އަމަލެއް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ. 

އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން ނެރުނު މި ބަޔާނުގައި ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕުން އިސްނަގައިގެން އެ އިސްލާހު ނެގުމުގެ ކަންކަން ބަލައިދިނުމަށާއި، މަސްލަހަތު ނުގެއްލޭނެ ގޮތަށް އަމަލުކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް