Advertisement
ކ. މާލެ
|
17 ޖެނުއަރީ 2019 | ބުރާސްފަތި 20:53
އަންހެނުން ބާރުވެރި ކުރުމަށްޓަކައި މަސައްކަތްކުރާ ވިއެމް ޖަމިއްޔާގެ ވޯރކްޝޮޕްގެ ތެރެއިން
އަންހެނުން ބާރުވެރި ކުރުމަށްޓަކައި މަސައްކަތްކުރާ ވިއެމް ޖަމިއްޔާގެ ވޯރކްޝޮޕްގެ ތެރެއިން
ރާއްޖެއެމްވީ
މަދަނީ ޖަމިއްޔާތަކުގެ ފެއަރ
މަދަނީ ޖަމިއްޔާތަކުގެ ފެއަރގައި ބައިވެރިވުމަށް ހުޅުވާލައިފި
ފެއަރ އޮންނާނީ މާރޗް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ގޮސް 18 ވަނަ ދުވަހަށް ދަރުބާރުގޭގައި
ފެއަރގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 31 ޖެނުއަރީގެ 14:00 ގެ ކުރިން ފޯމް ހުށަހަޅަން ޖެހޭ

މަދަނީ ޖަމިއްޔާތަކުގެ ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހޯމް މިނިސްޓްރީން ބުރާސްފަތި ދުވަހު ބުނީ ފެއަރގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 31 ޖެނުއަރީގެ 14:00 ގެ ކުރިން އެ މިނިސްޓްރީ އަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

މި ފެއަރ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާރޗް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ގޮސް 18 ވަނަ ދުވަހަށް ދަރުބާރުގޭގައެވެ. ފެއަރގެ އެއް ދުވަސް ހާއްސަކުރެވިފައި ވަނީ ބޮޑެތި ވިޔަފާރީތައް ތަމްސީލުކުރާ ފަރާތްތަކަށެވެ. އަދި އަނެއް ދެ ދުވަސް ހާއްސަކުރެވިފައި ވަނީ ސުކޫލްތަކާއި ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ދަރިވަރުންނަށެވެ.

ހޯމް މިނިސްޓްރީން އިތުރަށް ބުނީ ފެއަރގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށާއި ފެއަރގައި ބައިވެރިވާ ޖަމިއްޔާތަކަށް، އެ ޖަމިއްޔާގެ މަސައްކަތާއި ގުޅޭގޮތުން 3 މިނެޓްގެ ޕްރެޒެންޓޭޝަނެއް ހުށަހެޅުމުގެ ފުރުސަތު ފެއަރގެ ތެރެއިން ލިބިގެންދާނެ ކަމަށެވެ. އަދި ބައިވެރިވާ ޖަމިއްޔާތަކުގެ ސްޓޯލްތައް ހުންނާނީ ކެޓަގަރައިޒް ކުރެވިފައި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މަދަނީ ޖަމިއްޔާތަކުގެ މަސައްކަތް އާންމުންނަށް ހިއްސާކޮށް، އާ މެންބަރުން ހޯދާ ކުންފުނިތަކަށް ދައުވަތުދީގެން އެއްތަނަކުން ޖަމިއްޔާތަކުގެ އެކި މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި މަދަނީ ޖަމިއްޔާތަކުގެ ފެއަރ އެއް ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް