Advertisement
ކ. މާލެ
|
17 ޖެނުއަރީ 2019 | ބުރާސްފަތި 14:25
ކުރީގެ ރައީސް މައުމޫނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް މައުމޫނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ގޫގުލް
ޕީޕޕީއެމް މައުމޫނާ ހަވާލުކުރުން
ޕީޕީއެމްގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ނިންމާލައިފި
މިއަދުގެ އަޑުއެހުމުގައި މައުމޫނުގެ ފަރާތުން ތަދައްޚުލުވެފައިވޭ

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާ ޕީޕީއެމް ހަވާލުުކުރުމަށް އެދި ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ނިންމާލައިފިއެވެ. 

ޕީޕީއެމްގެ އާންމު ދެ މެމްބަރުން ސިވިލް ކޯޓަށް ހުށައަޅާފައިވާ އެ މައްސަލަ ކުރިއަށްގެންދިއުމާ މެދު ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ރައީސް މައުމޫނުގެ ފަރާތުން ތަދައްޚުލުވެފައިވާއިރު، ދަރިކަނބަލުން ޔުމްނާ މައުމޫނު ވެސް އަޑުއެހުންތަކުގައި ބައިވެރިވެ ވަޑައިގެންފައި ވެއެވެ. 

އެކަމާ ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫނުގެ ފަރާތުން ވަކާލާތު ކުރެއްވި ޤާނޫނީ ވަކީލު މުހައްމަދު ފައިސަލް ވިިދާޅުވީ، ޕީޕީއެމްގެ އާންމު ދެ މެމްބަރަކު ސިވިލް ކޯޓަށް އެ މައްސަލަ ހުށައަޅައި މައްސަލަ ރަޖިސްޓާރ ވެސް ކުރި ފަހުން ސުޕްރީމް ކޯޓުން އެ މައްސަލައިގެ ފައިލުތައް ނަގާފައިވާ ކަމަށެވެ. 

ޕީޕީއެމްގެ އާންމު ދެ މެމްބަރުން ކަމަށްވާ އަލީ އަހުމަދާއި އަހުމަދު ރަޝީދު ހުށައެޅުއްވި ދެ މައްސަލަ ނުބެލޭނެ ކަމަށް ޕީޕީއެމްގެ ފަރާތުން ވަކާލާތު ކުރެއްވި އިބްރާހީމް ރިޒާ ވަނީ ވިދާޅުވެފައެވެ. އެފަރާތުން ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ މީގެ ކުރިން އެ މައްސަލަ ނިންމައި އޭރު ޕާޓީގެ މުސްތަޝާރަކަށް ހުންނެވި އަބްދުﷲ ޔާމީނާ ޕާޓީ ހަވާލުކޮށްފައިވާ ކަމަށާއި، ސިވިލް ކޯޓުގެ އެ ހުކުމަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފައިވާ ކަމަށެވެ. 

ނަމަވެސް ފައިސަލް ވިދާޅުވީ، ޕީޕީއެމްގެ އާންމު ދެ މެމްބަރުން ހުށައަޅާފައިވާ މައްސަލައަކީ މީގެ ކުރިން ރާއްޖޭގެ އެއްވެސް ކޯޓެއްގައި ބަލާފައިވާ މައްސަލައެއް ނޫން ކަމަށާއި، އޭރު ހުށައެޅި މައްސަލައަކީ ރައީސް މައުމޫނު ޕީޕީއެމްގެ ކަންކަން ރަނގަޅަށް ނުހިންގާ ކަމަށް ބުނެ ހުށައެޅި މައްސަލައެއް ކަަމަށެވެ. އަދި މިހާރު ހުށައަޅާފައިވާ މައްސަލަ އާއި ކުރިން ނިންމާފައިވާ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. 

ފައިސަލް ވިދާޅުވީ، 17 ޖެނުއަރީ 2013 ގައި ބޭއްވި ޕީޕީއެމްގެ ޤައުމީ މަޖިލީހުން އެޕާޓީގެ ރައީސަކަށް މައުމޫނު ހަމަަޖައްސާފައިވާ ކަމަށާއި، އޭގެ ފަހުން ޕީޕީއެމް އިން ބޭއްވި ކުއްލި ކޮންގްރެސް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަންނާތީ، ޕީޕީއެމްގެ މިވަގުތު މުސްތަޝާރެއް ނެތުމާ އެކު، އެ ޕާޓީގެ ހިންގުން ރައީސް މައުމޫނާ ހަވާލުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަން ބަޔާންކޮށްފައިވާ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. 

މި މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމައި އަންގާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަންގާފައިވާއިރު، ޕީޕީއެމްއަކީ ގިނަ މެމްބަރުންތަކެއް ތިބި ޕާޓީއަކަށްވެފައި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެޕާޓީގެ ފަރާތުން ކުރިމަތިލާއިރު، މި މައްސަލައާ މެދު އަވަހަށް ގޮތެއް ނިންމަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަނެއްކޮޅުން ކުރީގެ ރައީސް އަދި ޕީޕީއެމް ހިންގެވުމަށް އިސްކޮށް ހުންނެވި އަބްދުﷲ ޔާމީން ގެންދަވަނީ އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްކުރަމުންނެވެ. އެ ގޮތުން އެ މަނިކުފާނުގެ އަރިސް ގިނަ ބޭފުޅުންތަކެއް މިހާރު ވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އަށް ސޮއިކުރައްވާފައެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް