Advertisement
ކ. މާލެ
|
17 ޖެނުއަރީ 2019 | ބުރާސްފަތި 13:10
ފުލުހުން ހަރަކާތްތެރިވުން
ފުލުހުން ހަރަކާތްތެރިވުން
މުހައްމަދު ޝަރުހާން
ކުއްލި މަރު
ޒުވާން އަންހެން ކުއްޖާގެ ކުއްލި މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
އަންހެން މީހާ މަރުވީ ހުކުރު ދުވަހުގެރޭ

ހުޅުމާލޭގައި އަންހެނަކު ކުއްލިއަކަށް މަރުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

އުމުރުން 27 އަހަރުގެ އެ ޒުވާނާ މަރުވެފައި ވަނީ ހުކުރު ދުވަހުގެ ރޭ ގައެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ މަރުވެފައި އޮތް އަންހެނަކު ހުކުރު ދުވަހުގެ ރޭ 9:30 ހާއިރު، ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލަށް ގެނައިކަމުގެ މައުލޫމާތު އެ ހޮސްޕިޓަލުން ދީފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ބުރާސްފަތު ދުވަހު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

އަންހެންމީހާގެ ކުއްލި މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާއިރު، ދާދިފަހުން ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިހުރި 23 އަހަރުގެ އަންހެނަކު ވަނީ ދޫނިދޫ ޖަލުގައި މަރުވެފައެވެ. މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުޤީޤިުކުރަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް