ކ. މާލެ
|
15 ޖެނުއަރީ 2019 | އަންގާރަ 20:49
އެމްއެފްޑީއޭގެ އިސްވެރިޔަކަށް އައްޔަން ކުރެއްވި ޑރ. ސާހް މާހިރް (ކ) އާއި ހެލްތު މިނިސްޓަަރު އަމީން ( ވ)
އެމްއެފްޑީއޭގެ އިސްވެރިޔަކަށް އައްޔަން ކުރެއްވި ޑރ. ސާހް މާހިރް (ކ) އާއި ހެލްތު މިނިސްޓަަރު އަމީން ( ވ)
ޓްވިޓަރ
ހެލްތު މިނިސްޓްރީ
އެމްއެފްޑީއޭގެ އަދި އެޗްޕީއޭގެ އިސްވެރިންނަށް ސްޓޭޓް މިނިސްޓަރުން!
މަގާމަށް އައްޔަށް ކޮށްފައި ވަނީ މިއަދު

ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އިތުރުން  ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް އިސްވެރިން މިއަދު އައްޔަންކޮށްފިއެވެ.

 

އެޗްޕީއޭ އަށް އައްޔަން ކުރެއްވި ޑރ. ސާހް މާހިރް

 

އެގޮތުން އެފްޑީއޭގެ އިސް ވެރިޔަކަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ސާހް މާހިރް ހަމަޖައްސަވާފައިވާއިރު، އެޗްޕީއޭގެ އިސްވެރިޔަކަށް ހަމަޖައްސާފައި ވަނީ ސްޓޭޓް މިނިސްޓަރު މުޙައްމަދު ޒުހެއިރުއެވެ.

ރާއްޖޭގައި ފެތުރޭ ބަލިތަކާއި އެ ބަލިތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދެމުން އަންނަނީ އެޗްޕީއޭ އިންނެވެ. އެ މުއައްސަސާއިން ދަނީ ފުޅާ ދާއިރާއެއްގައި ސިއްހީ ގޮތުން މީހުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕޮރްގްރާމްތައް ވެސް ހިންގަމުންނެވެ. 

އެމްއެފްޑީގެ ނަމުގައި ވަކި އޮފީހެއް އުފައްދާފައި ވަނީ 15 ފެބްރުއަރީ 2006 ވަނަ އަހަރުއެވެ. އެ އިދާރައިގެ މަސައްކަތަކީ ކާބޯތަކެއްޗާއި ބެހޭ މިންގަނޑުތައް ކަނޑައަޅައި، ފެންވަރު ހިފެހެއްޓުމެވެ.

 

 

- ކޮމެންޓް