Advertisement
ކ. މާލެ
|
15 ޖެނުއަރީ 2019 | އަންގާރަ 16:59
އެންޑީއެމްއޭ އިން ނޫސްވެރިންނަށް މައުލޫމާތު ދިނުން
އެންޑީއެމްއޭ އިން ނޫސްވެރިންނަށް މައުލޫމާތު ދިނުން
ރާއްޖެއެމްވީ
އެންޑީއެމްއޭ
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޒާސްޓަރ މެނޭޖްމަންޓް ފަންޑެއް ޤާއިމުކޮށްފި
ފަންޑަށް ޖަމާކުރާ ފައިސާ ހޭދަކުރާނީ ކާރިސާތަކުގައި އެހީވުމަށް
12000 ރުފިޔާ މިވަގުތު ފަންޑުގައި އެބަހުރި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޒާސްޓަރ މެނޭޖްމަންޓް ފަންޑެއް ޤާއިމުކޮށްފިއެވެ. 

ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު މާލެއަށް ކުރިި ވިއްސާރައާ ގުޅިގެން ހިނގި ފެންބޮޑުވުމުގެ ހާދިސާގެ އެމަރޖެންސީ އޮޕަރޭޝަން ނިންމާލުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެެއްވަމުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ސޮފީނާޒް ހަސަން ވިދާޅުވީ، އެ ހާދިސާގައި ވެސް ވަރަށް ގިނަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ކުންފުނިތަކާއި ވިޔަފާރިތަކާއި އެކި ޖަމާއަތްތަކުން 1.3 މިލިއަން ރުފިޔާގެ ފައިސާގެ އެހީއެއް ދީފައިވާ ކަމަށް ސޮފީނާޒް ވިދާޅުވިއެވެ.

ފެންބޮޑުވުމުގެ ހާދިސާގައި ގެއްލުން ލިބުނު ގެތަކަށް ރަމްޒީ އެހީގެ ގޮތުގައި ގެއްލުމުގެ 94 ޕަސެންޓުގެ އެހީއެއް އެ ފައިސާއިން ދީފައިވާއިރު، އެހީގެ ގޮތުގައި ލިބުނު ފައިސާއިން 12,000ރ. ބާކީ ހުރި ކަމަށާއި، އެ ފައިސާ ފަންޑުގައި ރައްކާކޮށްފައިވާ ކަމަށް ޞަފީނާޒް ވިދާޅުވިއެވެ. 

"ވިހި ޕަސެންޓް އަސްލު ދެނީ ލިބުނު ގެއްލުމެއްގެ. އެކަމަކު މިފަހަރު މިކަމަށް ޕްލެޖް ކޮށްފަ ބޭފުޅުން ފައިސާ ހަދިޔާ ކުރައްވާފައި ހުރީމަ އަޅުގަނޑުމެން އިތުރު 74 ޕަސެންޓެއް އޭގެ ތެރެއަށް ހިމަނައިގެން އެ ގެއްލުމުގެ 94 ޕަސެންޓު އަޅުގަނޑުމެން ފައިސާގެ ގޮތުގައި އެހީތެރިކަން އެ ގެތަކަށް ފޯރުކޮށްދީފައިވާނެ. އެހެން ވިީމަ އަޅުގަނޑުމެން ފައިސާ ފޯރުކޮށްދީ ނިމުނު އިރުގަ 12000 ރުފިޔާގެ ބެލެންސް އުޅެނީ. ދެން އެ 12000 ރުފިޔާ އަޅުގަނޑުމެން ވާނީ އަޅުގަނޑުމެންގެ ފަންޑުގަ ހަމަ ޖަމާކޮށްފަ " ޞަފީނާޒް ވިދާޅުވިއެވެ. 

ޞަފީނާޒް ވިދާޅުވީ، ފަންޑަށް އެހީތެރިވި ބޭފުޅުންނަށް އެ ފައިސާ ހޭދަކުރި ގޮތުގެ ތަފްސީލް ދީފައިވާނެ ކަމަށާއި، އެ ފައިސާ ބޭނުން ކުރާނީ ކާރިސާއަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމަށް ކަމަށެވެ. އޭގެ އިތުރުން، މާލޭގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ބޭނުން ނުކޮށް އެކި ފަރާތްތަކުން ދިން އެހީއިން ފޫބެއްދުނު ކަމަށް ވެސް އެ އޮތޯރިޓީން މައުލޫމާތުދެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
15 ޖެނުއަރީ 2019 | އަންގާރަ 15:42
އަލް ޤުދުސް
އަލް ޤުދުސް ފަންޑަށް ވީހެންވާނީ، އަދިއަހަރުމެން ހަންދާނެއްނުނެތޭ