Advertisement
ކ. މާލެ
|
15 ޖެނުއަރީ 2019 | އަންގާރަ 13:20
ފުލުހުން ވެހިކަލްތައް ޗެކްކުރަނީ
ފުލުހުން ވެހިކަލްތައް ޗެކްކުރަނީ
މުހައްމަދު ޝަރުހާން
މަސްތުވާއެއްޗެހި ބޭނުންކުރުން
މަސްތުވެގެން ހުރި ކަމުގެ ތުހުމަތުގައި ހުޅުމާލޭ ހޮސްޕިޓަލުގެ ޑްރައިވަރު ހައްޔަރުކޮށްފި
އޭނާގެ ޖީބުން މަސްތުވާތަކެތި ކަމަށް ބެލެވޭ ދެ ޕެކެޓް ފެނުނު

މަސްތުވާއެއްޗެހި ބޭނުންކޮށްގެން ހުރި ކަމުގެ ތުހުމަތުގައި ހުޅުމާލޭ ހޮސްޕިޓަލުގެ ޑްރައިވަރު ހައްޔަރުކޮށްފިއެވެ. 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މަސްތުވެގެން ހުރި ކަމުގެ ތުހުމަތު ކުރެވިގެން ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ ޖެނުއަރީ 13 ވަނަ ދުވަހުގެ ރޭ ކަމަށެވެ. 

އެގޮތުން، ފުލުހުންނަށް ކުރެވުނު ތުހުމަތުގެ ސަބަބުން އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ދެ ރަބަރު ޕެކެޓު އޭނާގެ ޖީބުން ފެނިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. 

އެ މައްސަލަ ތަޙުޤީޤުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް