Advertisement
ކ. މާލެ
|
14 ޖެނުއަރީ 2019 | ހޯމަ 14:59
ކުރީގެ ރައީސް މައުމޫނާއި ޔާމީން
ކުރީގެ ރައީސް މައުމޫނާއި ޔާމީން
ރާއްޖެ އެމްވީ
މައުމޫނާ ޕީޕީއެމް ހަވާލުކުރުން
ޕީޕީއެމްގެ މައްސަލައަށް ރައީސް މައުމޫނުގެ ފަރާތުން ތަދައްޚުލު ވަނީ
މާދަމާ ލިޔެކިއުންތައް ކޯޓަށް ހުށައަޅާނެ
ރައީސް ޔާމީން ގެންދަވަނީ އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން

ޕީޕީއެމްގެ ހިންގުން ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމާ އަލުން ހަވާލު ކޮށްދިނުމަށް އެދި އެ ޕާޓީގެ އާންމު މެމްބަރަކު ހުށައަޅާފައިވާ މައްސަލައަށް ރައީސް މައުމޫނުގެ ފަރާތުން ތަދައްޚުލު ވާން ނިންމައިފިއެވެ. 

 ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ކުރީގެ ސެކެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ އެ މައްސަލައިގެ ތެރެއަށް ރައީސް މައުމޫނުގެ ފަރާތުން ތަދައްޚުލު ވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމާ ގުޅޭ ލިއެކިއުންތައް ފުރިހަމަކުރަމުންދާ ކަމަށެވެ. 

" ރައީސް މައުމޫނުގެ ފަރާތުން އެ މައްސަލައަށް ތަދައްޚުލުވާން ވަނީ ނިންމާފައި. ދެން އެއަށް ބޭނުންވޭ ވަރަށް ގިނަ ލިއެކިއުންތައް. މިހާރު އަޅުގަނޑުމެން މިދަނީ އެ މަސައްކަތް ކުރަމުން. މާދަމާ ދެން ފޯމުތައް ހުށައެޅޭނީ،" އަލީމް ވިދާޅުވިއެވެ.   

ލ. ގަމު، ތުނޑި، ހަވި، އަލީ އަހުމަދު ހުށަހެޅުއްވި އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ހޯމަ ދުވަހު ވަނީ ބާއްވާފައެވެ. އެގޮތުން މިއަދުގެ އަޑުއެހުމަކީ ކޯޓުގައި ހިނގަމުންދާ މައްސަލައެއްގެ ފައިލްތައް ނެގުމާ ގުޅޭ ގޮތުން ބާއްވާފައިވާ ފުރަތަމަ އަޑުއެހުމެވެ.

އެ މައްސަލައިގެ ދައުވާގައި ޕީޕީއެމްގެ ފުރަތަަމަ ކޮންގްރެސް އިން އިންތިހާބުކުރި އެ ޕާޓީގެ ރައީސް، މައުމޫނާ ޕީޕީއެމް ހަވާލު ކުރުމަށް އެ ދައުވާގައި އެދިފައި ވެއެވެ. ނަމަވެސް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، އެ މައްސަލައިގެ ހިމެނޭ ހުރިހާ ލިޔެކިޔުންތަކާ އެކު، ދައުވާގެ ފައިލްތައް ސުޕްރީމް ކޯޓަށް ނަގާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅުއެވެ. އޭގެ ފަހުން ހޯމަ ދުވަހު ވަނީ ފުރަތަމަ ފަހަރަށް އެ މައްސަލައިގެ އިބްތިދާއީ ބައްދަލުވުން ކުރިއަށް ގެންގޮސްފައެވެ. 

ރައީސް މައުމޫނާއި ޔާމީނާ ދެމެދު މައްސަލަ ޖެހި ކޯޓު މެދުވެރިކޮށް ޕާޓީ ވަނީ ޔާމީންގެ ބެއްލެވުމުގެ ދަށަށް ގެންދަވާފައެވެ. އަދި ރައީސް މައުމޫނު ވަނީ ޕާޓީން ވަކިކޮށްފައެވެ. 

އެ މައްސަލައިގެ އިތުރުން، އެ ޕާޓީން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ޚާއްސަ ކޮންގްރެސްގައި ޕީޕީއެމްގެ ރައީސަކަށް އަބްދުﷲ ޔާމީން އައްޔަނު ކޮށްފައިވާ މައްސަލަ ވެސް މިހާރު އޮޮތީ ސުޕްރީމް ކޯޓަށް ހުށައަޅާފައެވެ. 

ކުރީގެ ރައީސް މައުމޫނާ ޕީޕީއެމް ހަވާލު ކުރުމުގެ މައްސަލަ ކޯޓުގައި ކުރިއަށްދާއިރު، ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި ޕާޓީއެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ފަށައިފައެވެ. އަދި ޕީޕީއެމްގެ އިސްކޮށް ތިބި ގިނަ ފަރާތްތަކެއް މިހާރު ވަނީ އެ ޕާޓީ އަށް ވަނުމަށް އެދި ފޯމް ހުށަހަޅާފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
14 ޖެނުއަރީ 2019 | ހޯމަ 11:13
އައްދު
ޕީޕީއެމް ސްޕްރީމް ކޯޓް ނީލަމަށް ހުށަހެޅުނީ ޔާމީން އެ ނީލަމުގައި ބައިވެރިވާނެކަމަށް ބަލައިގެންނެވެ. އެއްކޮޅުން މައުމޫނު އަދި އަނެއްކޮޅުން ޔާމީނު ނީލަމުގައި ޕީޕީއެމް ނީލަންކިޔާ ރަނގަޅު އަގަކަށް އަރާނެކަމަށް ދެކިގެންނެވެ. އެހެންނަމަވެސް ޔާމީނު ވަނީ ޕީޕީއެމް ބޭނުން ނޫންކަމަށް ވިދާޅުވެފަ އައު ޕާޓީއެއް އުފެއްދުމުގެ މަސަައްކަތްފަށާފައެވެ. މީވަރަށް ކުރުކޮށް ފޮނިކޮށްބުނި ބޮޑުވާހަކައެކެވެ. ތަފްސީލު ނުދިނަސް ނީލަންކުރިއަށްދާގޮތް އެންމެނަށްވެސް އެނގޭނެއެވެ.