ނެޝަނަލް ވިމެންސް ޗެމްބަރ އޮފް ކޮމާރސް މޯލްޑިވްސް އުފައްދުމަށް ހުޅުވާލައިފި އެވެ.
އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީން ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މި ޖަމިއްޔާ އުފެއްދުމުގެ މަގުސަދަކީ ދިވެހި އަންހެން ވިޔަފާރިވެރިންނަށް ކުރިމަތިވާ ދަތިތައް ދެނެގަނެ، އަންހެނުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ކުރެވެން ހުރި ކަންތައްތައް ސަރުކާރާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި އިދާރާތަކާއި ގުޅިގެން ކުރިއަށް ގެންދެވޭނެ ނިޒާމެއް ގާއިމުކުރުމެވެ.
އެންޑަބްލިޔޫސީސީއެމް އުފެއްދުމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. އެގޮތުން އަންހެން ވިޔަފާރިވެރިންގެ ތަރައްޤީއަށް މަސައްކަތްކުރައްވަން ޝައުޤުވެރިވާ ފަރާތްތަކުން އެންޑަބްލިޔޫސީސީއެމްގެ މުއައްސިސުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
މުއައްސިސުންނަށް ވުމަށް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 20 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
ހުށަހަޅަންޖެހޭ މައުލޫމާތު
- 1. ފުރިހަމަ ނަން
- 2. މޯބައިލް ނަންބަރު
- 3. އީމެއިލް އެޑްރެސް
- އައިޑީކާޑުގެ ކޮޕީ
- ވަނަވަރު (އެފަރާތަކުން ޚިޔާރުކުރާ ފޯމެޓަކަށް)
- މިހާރު ހިނގަމުންދާ ޖަމްޢިއްޔާއެއް ތަމްޞީލުކުރުމަށް ބައިވެރިވާނަމަ، ޖަމްޢިއްޔާގެ ނަން
އެންޑަބްލިޔޫސީސީއެމްގެ މުއައްސިސުންގެ ގޮތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ބައްދަލުވުމެއް، 26 ޖެނުއަރީ ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް އިކޮނޮމޮކް މިނިސްޓްރީން ބުނެ އެވެ.