Advertisement
ކ. މާލެ
|
14 ޖެނުއަރީ 2019 | ހޯމަ 09:44
ކްރައިމް ސީން
ކްރައިމް ސީން
މުހައްމަދު ޝަރުހާން
ތޫނު އެއްޗަކުން ހަމަލާ ދިނުން
ހުޅުމާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 12:10 ގައި
އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، 28 އަހަރުގެ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ 12:10 ހާއިރު ކަމަށެވެ. 

އެ ހާދިސާގައި ޒަހަމްވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް ލިބުނު ޒަހަމްގެ ތަފްސީލެއް އަދި ނުލިބެއެވެ. 

އެކަމާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ނުކުރާ ކަމަށާއި އެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް