މި އަހަރުގެ އޭޕްރިލް ހަވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ޖުމްހޫރީ ޕާޓީން ހަތް މެމްބަރުންގެ ކޮމެޓީއެއް ކަނޑައަޅައިފިއެވެ.
ޖުމްހޫރީ ޕާޓީގެ 126 ވަނަ ކައުންސިލް ބައްދަލުވުމުގައި އެ ކޮމެޓީގެ ރައީސްއަކަށް ހޮވިފައިވަނީ ޖޭޕީގެ ރައީސް އަލީ ވަހީދުއެވެ. އަދި ނައިބު ރައީސްއަކަށް ހޮވިފައިވަނީ ޖޭޕީގެ ކައުންސިލް މެމްބަރު އަހްމަދު އުމަރުއެވެ.
JP 126 vana Council bahdhaluvumugai Rayyithunge Majilis Inthikhaabuge kankan kuriyah gendhiyumah 7 membarunge committee eh kanda alhaifi, adhi Committee ge Raees akah hohvevee Party ge Raees @ali20waheed adhi naibakah Council Member @ahdumar. pic.twitter.com/YCdpIKQmsR
— JP Secretariat (@JPSecretariat) January 13, 2019
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ 87 ގޮނޑިއަށް ވާދަ ކުރަން ޖޭޕީން ނިންމާފައި ނުވާ ކަމަށާއި އެ ޕާޓީން ފުރުސަތު ހުޅުވާލީ ޝައުގުވެރިކަން ހުރި ދާއިރާތައް ބެލުމަށް ކަމަށް ޖޭޕީން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބުނެފައެވެ. މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރަން ޝައުގުވެރިވާ ފަރާތްތައް ބެލުމަށްފަހު، ޕާޓީގެ ފަރާތުން ދާއިރާތަކަށް ނުކުންނާނެ މީހުން ކޮމެޓީއަކުން ކަނޑައަޅާނެ ކަމަށް ވެސް ޖޭޕީން ބުންޏެވެ. މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އެ ޕާޓީން ޓިކެޓް ދޭނީ އެ ކޮމެޓީގެ މަޝްވަރާއާއެކު މި މަހުގެ 25 ގެ ކުރިން އެކަމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިންނެވެ.
ޖުމްހޫރީ ޕާޓީއަށް ބަދުބަސް ނުބުނުމަށް ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ކުރީ ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ. އަދި އެ ޕާޓީއަށާއި، އެ ޕާޓީގެ ބޭފުޅުންނަށް ބަދަބަސް ބުނެގެން ކެމްޕޭނު ކުރުމުގެ ބޭނުމެއް ނެތް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.