Advertisement
ކ. މާލެ
|
14 ޖެނުއަރީ 2019 | ހޯމަ 13:14
މާލޭގައި ދުއްވާ ބަހެއް
މާލޭގައި ދުއްވާ ބަހެއް
ގޫގުލް
ބަހުގެ ޚިދުމަތް ދިނުން
މާލެއާ ޚިލާފަށް އައްޑޫގައި ދެނީ ސުކޫލު ކުދިންނަށް ޚާއްސަ ބަހުގެ ޚިދުމަތް: ޝާހިދު
މާލޭގައި ސުކޫލު ކުދިންނަށް ޚާއްސަ ބަހެއް ނޯވޭ
އައްޑޫގައި ވެސް ކިޔަވާ ކުދިންނަށް ޕަބްލިކް ޓްރާންސްޕޯރޓް ހިލޭ

މާލެއާ ޚިލާފަށް އައްޑޫގައި ސުކޫލު ކުދިންނަށް ބަހުގެ ޚިދުމަތް ދެނީ ސުކޫލު ކުދިންނަށް ޚާއްސަ ބަހެއްގައި ކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާދު ދެއްވަމުން ޝާހިދު ވިދާޅުވީ، އެ ކުންފުނިން ފޯރުކޮށްދޭ ބަސް ދަތުރުގެ ޚިތުމަތުގެ އަގު ކަނޑައެޅުމުގައި މާލެ އާއި އައްޑޫގައި ކިޔަވާކުދިންގެ އަގުތައް ތަފާތު ވަނީ އެއީ މުޅިން ތަފާތު ދެ ޚިދުމަތަކަށް ވާތީ ކަމަށެވެ. 

މާލޭގައި ކިޔަވާ ކުދިންނަށް ބަސް ދަތުރުތައް ހިލޭ ލިބޭއިރު، އައްޑޫގައި އެ ޚިދުމަތަށް ފައިސާ ނަގާކަމުގެ ޝަކުވާތަކާ ގުޅިގެން ޝާހިދު ވިދާޅުވީ، އައްޑޫގައި ސުކޫލު ކުދިންނަށް ދޭ ބަސްދަތުރަކީ މުޅިން ތަފާތު ޚިދުމަތެއް ކަމަށެވެ. 

"އައްޑޫގައި އެއް ޚިދުމަތް މި ދެނީ ސީދާ ޑެޑިކޭޓަޑް ކޮށް ސުކޫލު ކުދިންނަށް. އެއީ ސުކޫލު ކުދިންގެ ގޭ ކައިރިން ވަކި އޭރިއާތަކަކުން ކުދިން ނަގައިގެން ގެންގޮސް އެ ސުކޫލެއްގެ ދޮރުމައްޗަށް ލާދޭ ސާރވިސްއެއް. އެއީ ޕަބްލިކް ޓްރާންސްޕޯރޓެއް ނޫން،" ޝާހިދު ވިދާޅުވިއެވެ. 

ޝާހިިދު ވިދާޅުވީ، މާލެ ފަދައިން އައްޑޫ އިން ވެސް ޕަބްލިކް ޓްރާންސްޕޯރޓުގެ ޚިދުމަތް ހޯދާ ކުދިންނަށް ބަސް ދަތުރުތައް ހިލޭ ލިބޭނެ ކަމަށެވެ. 

"އެއީ ސުކޫލު ކުދިންނަށް ޚާއްސަ ސާރވިސްއެއް. އެހެންވީމަ އެ ސާރވިސްގަ މި މަހަކަށް ފީއެއް ނަގާފަ އެ ސާރވިސް ޕްރޮވައިޑް ކޮށްދެނީ. އެއީ ސުކޫލު ކުދިންނަށްދޭ ސާރވިސްއެއްގެ ގޮތުގައި. އެ ސާރވިސްއެއް މާލޭގަ ނެތް. ދެން އައްޑޫގައި ވެސް އެބަ ދުއްވާ ޕަބްލިކް ޓްރާންސްޕޯރޓް ބަސް. އެ ޕަބްލިކް ޓްރާންސްޕޯރޓް ބަހުގަ ހަމަ މާލޭގައި ވެސް އޮންނަ އުސޫލުން ޔުނިފޯރމުގަ ކުއްޖަކު ހުރެއްޖެއްޔާ އެކުއްޖާ އަތުން ފައިސާ ނުނަގާނެ،" މާލެ އާއި އެހެން ރަށްރަށާ ތަފާތު ކުރާ ކަމުގެ ޝަކުވާތަކާ ގުޅޭ ގޮތުން ޝާހިދު ވިދާޅުވިއެވެ. 

އޭގެ އިތުރުން، އައްޑޫ ފަދައިން މާލޭގައި ސުކޫލު ކުދިން އުފުލަން ޚާއްސަ ބަހެއް ތައާރަފުކުރަން އަދި ނުވިސްނާ ކަމަށާއި، އައްޑޫގައި އެ ޚިދުމަތް ފެށީ ބެލެނިވެރިންގެ އެދުމުގެ މަތިން ކަމަށެވެ. 

އައްޑޫގައި ސުކޫލު ކުދިންނަށް ޚާއްސަ ބަސް ދަތުރުތަކަށް މަހަކަށް ނަގަނީ 300ރ. ކަމަށް އެރަށު ބެލެނިވެރިން މައުލޫމާތު ދެއެވެ. މާލެ އާއި ހުޅުލެ ގުޅުވައިދޭ ބްރިޖްގައި ބަހުގެ ޚިދުމަތް ދެނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ. އެއީ މާލޭގައި އެ ޚިދުމަތްދޭ އެމްޕީއެލްގެ ޑިވިޝަނެއް ކަމުގައިވާ ސަދަން ޓްރާންސްޕޯޓް ލިންކް(އެސްޓީއެލް) ކިޔާ ކުންފުންޏަކުންނެވެ. ނަމަވެސް އެ ޚިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް