Advertisement
ކ. މާލެ
|
10 ޖެނުއަރީ 2019 | ބުރާސްފަތި 18:40
މަންދު ކޮލެޖްގެ ގްރެޖުއޭޝަންގެ ތެރެއިން
މަންދު ކޮލެޖްގެ ގްރެޖުއޭޝަންގެ ތެރެއިން
އަޝްވާ ފަހީމް
މަންދު ކޮލެޖު
މަންދު ކޮލެޖުން ހިންގާ ކެރިއާ ގައިޑެންސް ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހު ފަށަނީ
މި ޕްރޮގްރާމް ހޮނިހިރު ދުވަހު 02:30 އިން 10:00 އަށް ދަރުބާރުގޭގައި އޮންނާނެ
ހުރިހާ ކިޔަވާކުދިންނާ ބެލެނިވެރިންނަށް ފުރުސަތު ހުޅުވާލެވިފަވޭ

މަންދު ކޮލެޖުން އިސްނަގައިގެން ހިންގާ ކެރިއާ ގައިޑެންސް ޕްރޮގްރާމް 12 ޖެނުއަރީ 2019 ވާ ހޮނިހިރު ދުވަހު ފަށަން ނިންމައިފިއެވެ. 

ބުރާސްފަތި ދުވަހު މަންދު ކޮލެޖުގައި ބޭއްވި ބައްދަލުވުމެއްގައި މަންދު ކޮލެޖްގެ ޗެއާމަން އިބްރާހީމް އިސްމާއިލް (އިބްރާ) ވިދާޅުވީ، އެ ޕްރޮގްރާމްގެ މަޤްސަދަކީ ކިޔަވައިގެން މުޖުތަމައަށް ނުކުންނަ ކުދިންނަށް ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް އަންގައިދިނުން ކަމަށެވެ.  

" އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެއްޗަކީ ސުކޫލު ނިންމާ ދަރިވަރުންނަށް އެކަށިގެންވާ ވަރަށް މައުލޫމާތު ލިބިފައި ނުހުންނަނީއޭ ރާއްޖޭގަ ހުރި އެކި އިންޑަސްޓްރީތަކާ ރާއްޖޭގަ މަސައްކަތް ކުރަން ހުރި ދާއިރާތަކާ ކެރިއާއެއްގެ ގޮތުން ކުދިންނަށް ކުރިއަށް ދެވިދާނެ ރޮނގުތަކަކީ ކޮބާކަން ކުދިންނަށް އޮޅުންފިލުވަދެވިފަ ނުހުންނާތީ ކުދިންނަށްވެސް ސުކޫލު ނިމޭއިރު ވަޒަންކޮށްލަން ދަތިވޭ ދެން ތިމަންނަ ދާނީ ކޮން ދިމާއަކަށްތޯ" މި ޕްރޮގްރާމްގެ މަޤްސަދާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިބްރާ ވިދާޅުވިއެވެ. 

ހޮނިހިރު ދުވަހު މެންދުރު 02:30 އިން ރޭގަނޑު 10:00 އަށް ދަރުބާރުގޭގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ރައްޖޭގެ ހުރިހާ ސުކޫލުތަކެއްގެ ކުދިންނާއި ބެލެނިވެރިންނަށް އޭގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް މަންދު ކޮލެޖުން ވަނީ ބުނެފައެވެ. 

އެގޮތުން އަތޮޅުތެރޭގެ ރަށްރަށުގައި މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ކުދިން ތިބިނަމަ އެ ރަށެއްގެ ސުކޫލަކާ ގުޅިގެން ބައިވެރި ވުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށްވެސް މަންދު ކޮލެޖުން ވަނީ ބުނެފައެވެ. 

މީގެއިތުރުން މި ޕްރޮގްރާމުގައި އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުން ވަޒީފާގެ ފުރުސަތުގެ މައުލޫމާތުތައް ހިއްސާކުރައްވާނެ ކަމަށްވެސް މަންދު ކޮލެޖުން މައުލޫމާތުދެއެވެ. 

މަންދު ކޮލެޖު 1989 ގައި ވުޖޫދުވިފަހުން އެ ކޮލެޖުން ދަނީ ގިނަ ޕްރޮގްރާމްތަކާއި، ފޯރަމްތައް ބާއްވަމުންނެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް