Advertisement
ކ. މާލެ
|
9 ޖެނުއަރީ 2019 | ބުދަ 06:53
އަގުތައް ކަނޑައެޅުމަށް ބޭއްވި ފޯރަމްގެ ތެރެއިން
އަގުތައް ކަނޑައެޅުމަށް ބޭއްވި ފޯރަމްގެ ތެރެއިން
މުހައްމަދު ޝަރުހާން
ޓެކްސީ އަގުގެ ބަހުސް
ޓެކްސީ އަގުގެ ބަހުސް: ޓެކްސީ ޑައިވަރުން ބޭނުންވަނީ އަގުތައް ބޮޑުކުރަން، އާންމުން ބޭނުންވަނީ އަގުތައް ކުޑަކުރުމަށް!
ނަހުލާ ވިދާޅުވީ ހުރިހާ ހިޔާލުތަކަށް އިހްތިރާމް ކުރައްވާ ކަމަށް

މާލޭގައި ދުއްވާ ޓެކްސީތަކުގެ އަގެއް ކަނޑައެޅުމަށް އަންގާރަ ދުވަހުގެ ރޭ ފޯރަމެއް ބާއްވައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ދަރުބާރުގޭގައި ބޭއްވި މި ފޯރަމްގައި ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުންނާއި އާންމުން ވަނީ ބައިވެރިވެފައެވެ.

ފޯރަމްގައި ވާހަކަ ދެއްކި ގިނަ ޓެކްސީ ޑްރައިވަރުން ބުނެފައިވަނީ މާލެއިން ހުޅުމާލެއަށް - ހުޅުމާލެއިން މާލެއަށް، އަދި މާލެއިން ހުޅުލެއަށް – ހުޅުލެއިން މާލެއަށް މިހާރު ނަގާ އަގު 100ރ ރަނގަޅު ކަމަށެވެ.

އެގޮތުން ޓެކްސީ ކުރާ އަބްދުލް ވައްހާބު ބުނީ މިނިސްޓްރީން ވަކި އަގެއް ކަނޑައަޅާއިރު ދިރިއުޅުމުގެ އަގުތައް އުފުލިފައިވާވަރަށް ރިޔާއަތްކޮށް އަގުތައް ކަނޑައެޅުމަށް އެދޭކަމަށެވެ. ފޯރަމްގައި ވާހަކަ ދެއްކި ބައެއް ޓެކްސީ ޑްރައިވަރުން ބުނީ ހުޅުމާލެއިން މާލެއަށް އެނބުރި އަންނައިރު ވަރަށް ގިނަ ވަގުތު ހޭދަވާ ކަމަށާއި, އެހެންކަމުން 100ރ ވެސް މަދުކަމަށެވެ.

ހިދުމަތް އަވަސްވުމަކީ އަގު އިތުރުވާ ކަމެއްކަން ފާހަގަކޮށް ޓެކްސީ ދަތުރުކުރާ އަބްދުﷲ އަބްދުއްރަހްމާން ބުނީ އަގަކީ ރަނގަޅު އަގެއް ކަމަށް އޭނާއަށް ފެންނަ ކަމަށެވެ. އަދި އެހެން ޓެކްސީ ޑްރައިވަރަކު ބުނީ ޓެކްސީކޮށްގެން ލިބޭ އާންދަނީން ދެކޮޅު ނުޖެހޭ ކަމަށާއި، 25ރ އަށް ޓެކްސީ ކުރާ އަގާއި، ހުޅުލެއަށް ކުރާ ދަތުރުތަކުގެ އަގު މިހާރު ހުރި ވަރަށް ވުރެން ވެސް އިތުރުވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ޓެކްސީ ޑްރައިވަރުންގެ ހިޔާލުތައް މިހެން ހުރިއިރު، އާންމުންގެ ހިޔާލުތައް ވަރަށް ތަފާތެވެ. އެގޮތުން ޒާހިރު ބުނީ 25ރ އަށް ޓެކްސީ ކުރާ އަގަކީ ކުޑަކުރަން ޖެހޭ އަގެއް ކަމަށާއި އަގު ކިޔާއިރު ދެވޭ ހިދުމާތާއި ފެންވަރަށް ވެސް ބަލަންޖެހޭނެ ކަމަށެވެ. އަދި ދޭ ހިދުމަތުގައި މައްސަލަތައް އެބަހުރި ކަމަށާއި އެހެންކަމުން އެ މައްސަލާތަކާއި ގުޅިގެން މިހާރު ހުރި އަގުތައް ކަމަކު ނުދާ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ފޯރަމްގައި ވާހަކަ ދެއްކި އިތުރު މީހަކު ބުނީ މީޓަރު ހަރުކޮށްގެން ޓެކްސީ ހިދުމަތް ފޯރުކޮށްދިނުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ފޯރަމް ނިންމަވާލައްވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ހުރިހާ ހިޔާލުތަކަށް އިހްތިރާމް ކުރައްވާ ކަމަށާއި، ގޮތެއް ނިންމާނީ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
9 ޖެނުއަރީ 2019 | ބުދަ 17:58
ކަރުކެހި
މިބޭފުޅުން މިހާވަރު ނަގަން އުޅޭއިރު ނޭގެދޯ ރައްޔިތު މީހާއަށް ލިބެނީ ކިހާ އާމްދަނީއެއްކަން.. އެންމެންވެސް ހިދުމަތް ބޭނުންވާނެ އެކަމަކު ހިތުހުރި އަގަކަށް ދަތުރުކުރުމަކީ އެއްގޮތަކަށްވެސް އެދެވިގެންވާ ކަމެއްކަމުގައި ނުފެނޭ...