Advertisement
ކ. މާލެ
|
8 ޖެނުއަރީ 2019 | އަންގާރަ 20:46
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެއެމްވީ
ޔާމީން ފުލުހަށް ހާޒިރު ކުރުން
ރައީސް ޔާމީން ފުލުސް އޮފީހުގައި 6 ގަޑިއިރު، ބަޔާންތަކުގައި ސޮއިކޮށްފި
ޔާމިންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ވަނީ ޖަމާކޮށްފައި
ފުލުހުންގެ އިދާރާގައި 6 ގަޑިއިރު ހޭދަކުރައްވި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގާރަ ދުވަހު ފުލުހަށް ހާޒިރުކޮށްފައިވަނީ، މީގެ ކުރިން ދެއްވާފައިވާ ބަޔާނުގައި ސޮއިކުރެއްވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާގައި 6 ގަޑިއިރު ހޭދަކުރައްވެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ބަޔާންތަކުގައި ސޮއިކޮށްފައިވާކަމަށާއި، ގިނަ ވަގުތު ނެގީ ބަޔާންތައް ދިގުވުމުންނާއި، ބައެއް ކަންކަން އިސްލާހްކުރަންޖެހުމުން ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލަށް ޔާމީން ވަޑައިގެންފައެއް ނުވެ އެވެ.

އެމަނިކުފާނު އާދިއްތަ ދުވަހުވެސް ވަނީ ފުލުހުންގެ މައި އިދާރާއަށް ހާޒިރުކޮށްފަ އެވެ. ފުލުހުން އޭރު ބުނެފައިވަނީ އެމަނިކުފާނު ހާޒިރުކޮށްފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލާގައި ދޮގު މައުލޫމާތު ދީފައިވާކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

ރައީސް ޔާމީނަށްގެ ކޮރަޕްޝަންގެ ގިނަ ތުހުމަތުތައް ކުރަމުންއަންނައިރު، އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ފުލުހުން ވަނީ ފްރީޒްކޮށްފަ އެވެ. އަދި އެކައުންޓްތަކަށް ވޭތުވެދިޔަ ފަސް އަހަރު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް