Advertisement
ކ. މާލެ
|
8 ޖެނުއަރީ 2019 | އަންގާރަ 16:46
މެލޭޝިއާގެ މަގެއް
މެލޭޝިއާގެ މަގެއް
އަރިފިން ޖަމަރް
ރާއްޖެއާއި މެލޭޝިއާ
ރާއްޖޭގެ ޑްރައިވިންގ ލައިސަންސް މެލޭޝިއާގައި ބޭނުންކުރުން ވަގުތީ ގޮތުން މަނާކޮށްފި
މެލޭޝިޔާ އިން ވަނީ ބޭރު ގައުމުތަކުގެ ލައިސަންސް ވަގުތީ ގޮތުން މަނާކޮށްފައި

ރާއްޖޭގެ ޑްރައިވިންގް ލައިސަންސް މެލޭޝިއާގައި ބޭނުންކުރުން ވަގުތީ ގޮތުން މަނާކޮޮށްފިއެވެ. 

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން އަންގާރަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މެލޭޝިއާގެ މިނިސްޓްރީ އޮފް ޓްރާންސްޕޯރޓުން އެ ބަދަލު ގެނައީ، އެޤައުމުގައި ބޭރު ޤައުމުތަކުގެ ޑްރައިވިންގ ލައިސަންސް ބޭނުންކުރުމާ ބެހޭ އުސޫލުތައް ހަރުދަނާކުރުމަށް ފަށާފައިވާ މަސައްކަތްތަކާ ގުޅިގެން ކަމަށެވެ. 

އެމްބަސީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ، ބޭރު ޤައުމެއްގެ ޑްރައިވިންގ ލައިސަންސެއް ބޭނުންކުރުމާއި ކޮންވާރޓް ކުރުން ވެސް މެލޭޝިއާގައި ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ޓްރާންސްޕޯރޓް މިނިސްޓްރީން އެމްބަސީއަށް އަންގާފައިވާ ކަމަށެވެ.  

ކުރިން އެމްބަސީން ދޫކުރާ ލިއުމަކާއެކު ދިވެހިރާއްޖޭގެ ޑްރައިވިންގ ލައިސަންސް އެ ޤައުމުގައި ބޭނުންކުރުން ހުއްދައެވެ. ނަމަވެސް އެ ގެނެވުނު ބަދަލުގެ ސަބަބުންް އެމްބަސީގެ ލިޔުން އިތުރަށް ބޭނުން ނުކުރުމަށް ވެސް އެ އިއުލާނުގައި އިލްތިމާސް ކޮށްފައިވެއެވެ. އެކަމުގެ ސަބަބުން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ އެކަމަށް އަވަސް ހައްލެއް ހޯދުމަށް މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކާ ދިވެހި ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ. 

އޭގެ އިތުރުން، އެ ކަމަށް ހައްލެއް ގެނެވެންދެން މެލޭޝިއާގެ ޑްރައިވިންގ ސުކޫލުތައް މެދުވެރިކޮށް މެލޭޝިއާގެ ޑްރައިވިންގ ލައިސަންސް ނެގޭނެ ކަމަށާއި، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން އިންޓަނޭޝަނަލް ޑްރައިވިންގް ލައިސަންސް އޮންނަ ފާރަތްތަކުން އޭގެ ބޭނުން ވެސް ކުރެވިދާނެ ކަމަށް އެމްބަސީން މައުލޫމާތުދެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް