Advertisement
ކ. މާލެ
|
8 ޖެނުއަރީ 2019 | އަންގާރަ 13:01
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ގޫގުލް
ބީސީސީއައި
ބީސީސީއައިއަށް ޖަމާކޮށްފައިވާ ފައިސާ ނަގަން ފަހު ފުރުސަތު ދީފި
ފައިސާ 5 އޯގަސްޓް 1998 އިން ފެށިގެން ދޫކުރަމުންދޭ
31 މާރިޗު 2019 ގެ ނިޔަލަށް ފުރުސަތު ހުޅުވާލެވިފަވޭ

ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާރސް އިންޓަރނެޝަނަލް (ބީ.ސީ.ސީ.އައި) ގެ މާލޭ ގޮތްޕަށް ޖަމާކޮށްފައިވާ ފައިސާ ނަގަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަހު ފުރުސަތު ދީފިއެވެ. 

އަންގާރަ ދުވަހު އެމްއެމްއޭއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ބަންދުކުރެވިފައިވާ ބީސީސީއައިއަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން އާންމު ފަރާތްތަކަށް ލިބެންޖެހޭ ފައިސާ 5 އޯގަސްޓް 1998 އިން ފެށިގެން ދޫކުރަމުންދާ ކަމަށާއި، ނަމަވެސް ބައެއް ފަރާތްތަކުން މިހާތަނަށްވެސް ފައިސާ ނަންގަވާފައި ނުވާ ކަމަަށެވެ. 

އޭގެ އިތުރުން، އެ ބޭންކަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން، ތަކުރާރުކޮށް އިއުލާނު ކުރުމުންވެސް ނަންގަވާފައި ނުވާ ފައިސާތައް މި އަހަރު މާރިޗު މަހުގެ 31 ގެ ނިޔަލަށް ނެގުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. 

އިއުލާނުގައިވާ ގޮތުން 2079 މީހަކު ފައިސާ ނަގާފައި ނުވާ ކަމަށް އެމްއެމްއޭގެ އިއުލާނުގައިވެ އެވެ. އެ އިއުލާނުގައި އެ މީހުންގެ ނަންތައް ހިމަނާފައިވެ އެވެ. 

ބީސީސީއައި އަށް ޖަމާކޮށްފައިވާ ފައިސާ ދޫކުރާނީ މާޗް މަހުގެ ނިޔަލަށް ކަމަށް އެމްއެމްއޭއިން ބުނެ އެވެ. 

ބީސީސީއަކީ މީގެ 27 އަހަރު ކުރިން ރާއްޖޭގައި ހިންގި ބޭންކެކެވެ. އެ ބޭންކް ބަނގުރޫޓްވެ، މާލޭ ބްރާންޗް ބަންދު ކޮށްފައިވަނީ 1991 ގެ ޖުލައި މަސް ތެރޭގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް