Advertisement
ކ. މާލެ
|
7 ޖެނުއަރީ 2019 | ހޯމަ 08:30
30 އަހަރަށްވުރެ ގިނަ ދުވަހު ސިފައިންގެ މުއައްސަސާއަށް ހިދުމަތްކޮށްދެއްވި ސިފައިންނާ، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ބައްދަލުކުރައްވަނީ
30 އަހަރަށްވުރެ ގިނަ ދުވަހު ސިފައިންގެ މުއައްސަސާއަށް ހިދުމަތްކޮށްދެއްވި ސިފައިންނާ، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ބައްދަލުކުރައްވަނީ
އެމްއެންޑީއެފް
ސިފައިންނާ ޗީފް އޮފް ޑިފެންސް ފޯސް ބައްދަލުކުރުން
30 އަހަރު ހިދުމަތްކޮށް ދެއްވި ސިފައިންނާ، ސީޑީއެފް ޝަމާލް ބައްދަލުކުރައްވައިފި
މި ބައްދަލުވުމުގައި އެ ސިފައިން ވަނީ ހުރި ކަންބަޑޮވުންތަކާއި ހިޔާލުތައް ހިއްސާ ކުރައްވާފައި

ތިރީސް އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވި ސިފައިންނާ، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ބައްދަލުކުރައްވައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ބޭއްވި އެ ބައްދަލުވުމުގައި އެ ބޭފުޅުން ވަނީ ކަންބަޑޮވުންތަކާއި ހިޔާލުތައް ހިއްސާ ކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޝަމާލް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 11 ވަނަ ދުވަހުއެވެ.

މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ޝަމާލް ވަނީ ޑިސެމްބަރު 17 ވަނަ ދުވަހު ވެސް ސިފައިންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޝަމާލް ވަނީ ސިފައިން އަސްކަރީ އަޚުލާޤާއި ފަންނީ ޤާބިލުކަން ހުރި ބަދަހި ލަޝްކަރެއްގެ ގޮތުގައި ދެމި ތިބުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ސިފައިން ކޮށްގެން ތިބި ހުވައިގެ މަތިން ހަނދާން އައުކޮށް ޤާނޫނުން ސިފައިންނަށް ލާޒިމުކޮށްފައިވާ އެންމެހާ ކަންކަން ކުރުމުގައި ދެމި ތިބުމަށް އޭނާ ވަނީ އެންމެހާ ސިފައިންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ޤައުމަށް ޙިދުމަތް ކުރުމުގައި ސިފައިންނަކީ ފަޚުރުވެރި، ޝަރަފުވެރި ބައެއްކަން ފާހަގަކުރައްވައި، ޝަމާލް ވަނީ ރައްޔިތުންނާ އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކޮށް، ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަށް ސިފައިންގެ ކިބައިން އެ ބައްދަލުވުމުގައި އެދިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް