ޔޫއައި ހޮޓެލްސްއިން ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލައިފިއެވެ.
ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން ޔޫއައި ހޮޓެލްސްގެ މެނޭޖިން ޑިރެކްޓަރ މޫސާ ނާސިޙް ވިދާޅުވީ ޔޫއައިގެ ހޮޓެލްސް އަދި ކެފޭތަކުން ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލާފައިވާ ކަމަށެވެ.
މިއީ ކުރިންވެސް ޕްލޭންކޮށްފައިވާ ކަމެއް ކަމަށާއި ޔޫއައި އަކީ ތިމާވެއްޓާ ރައްޓެހިކޮށް ޙިދުމަތްދޭން ބޭނުންވާ ތަނެއް ކަމުން ޖެނުއަރީ 6 އިން ފެށިގެން ޕްލާސްޓިކް ބޭނުން ކުރުން އެއްކޮށް ހުއްޓާލާފައިވާ ކަމަށެވެ.
އެގޮތުން ޕްލާސްޓިކް ފުޅި އާއި ކޮތަޅު، އަދި މިނޫންވެސް ޕްލާސްޓިކް އެކުލެވޭ އެއްޗެހި މިހާރު ބޭނުން ކުރުން ހުއްޓާލާފައިވާ ކަމަށް ނާސިޙް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު އާރްއޯ ސިސްޓަމްއެއް ބޭނުންކޮށް ޙިދުމަތް ދެމުންދާއިރު ޔޫއައި ހޮޓެލްސްގައި ސޯލަރ ޕެނަލް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މަޓާޓޯ ޓްރެވެލް އެވޯޑުގެ ލީޑިން ބިޒްނަސް ގެސްޓް ހައުސް އެވޯޑް ވިދިވިދިގެން ދެ ފަހަރު ހޯދާފައިވާ ޔޫއައި އަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު ހޮޓެލްއެކެވެ.