Advertisement
ކ. މާލެ
|
6 ޖެނުއަރީ 2019 | އާދީއްތަ 13:32
ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް މީގެ ކުރިން ފުލުސް އޮފީހަށް ވަޑައިގަންނަވަނީ
ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް މީގެ ކުރިން ފުލުސް އޮފީހަށް ވަޑައިގަންނަވަނީ
ރާއްޖެއެމްވީ
ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުން
ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފި
ފުލުހަށް ހާޒިރުކުރީ އާދިއްތަ ދުވަހު 1:30 ގައި
މިދިޔަ މަހު ވެސް ޔާމީން ފުލުހަށް ހާޒިރުކޮށްފައިވޭ

ވެރިކަމުގައި ހުންނަވައި ޤާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަހްގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އާދިއްތަ ދުވަހު ފުލުހަށް ހާޒިރުކޮށްފިއެވެ.

އާދިއްތަ ދުވަހު 1:30 ގައި ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައިވާއިރު، 15 ޑިސެމްބަރު 2018 ގައި ވެސް އެ މައްސަލައިގެ ތަޙުޤީޤަށް އެމަނިކުފާނު ފުލުހަށް ހާޒިރުކޮށް ދޮޅުގަޑިއިރެއްހާއިރު ވަންދެން ތަހުޤީޤު ކުރިއަށް ގެންގޮސްފައި ވެއެވެ.

އެ އަށް ފަހު، ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފުލުހުން ސުވާލުކުރީ އެމަނިކުފާނުގެ ކެމްޕެއިން އެކައުންޓަށް ޖަމާކުރި ފައިސާ އާއި، އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް ތުހްމަތުކުރެވޭ 1 މިލިއަން ޑޮލަރެއް އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލައިގައި ކަމަށެވެ.

އެކަމާ ގުޅިގެން އޭރު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރައީސް ޔާމީން ހާޒިރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ބުނެ، ދައުލަތުގެ އިދާރާތަކުން ފުލުހަށް ހުށަހަޅާފައިވާ މައްސަލަތަކެއްގެ ތަހުގީގަށް ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުން ގެންދާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް