Advertisement
ކ. މާލެ
|
6 ޖެނުއަރީ 2019 | އާދީއްތަ 12:46
ވިސާ ފީ އޮންލައިންކޮށް ދެއްކުމާ ގުޅޭ ގޮތުން މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ
ވިސާ ފީ އޮންލައިންކޮށް ދެއްކުމާ ގުޅޭ ގޮތުން މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މީރާ
ވިސާ ފީ މިހާރު އޮންލައިންކޮށް ދެއްކޭނެ
ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވީ މިނިސްޓަރ މަލީހް
އެކްސްޕެޓް ސިސްޓަމުން އޮންލައިން ވިސާފީ ދެއްކޭނެ

ވޯރކް ވިސާ ފީ އޮންލައިންކޮށް ދެއްކޭގޮތަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސަވައިފިއެވެ. 

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ވޯރކް ޕާމިޓް ފީ ދައްކަން ޖެހެނީ ކޮންމެ ތިން މަހަކުން 750ރ އެވެ. 

އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު އިފްތިތާހުކޮށް ދެއްވީ އާދީއްތަ ދުވަހު ބޭއްވި ހަފުލާގައި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލްއެވެ. 

އޮންލައިން ވިސާފީ މިނިސްޓަރ އިފްތިތާހް ކޮށްދެއްވަނީ 

އެކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މީރާގެ ތަރުޖަމާނު އަހުމަދު ޝަރީފް ވިދާޅުވީ، އެ ޚިދުމަތް ތައާރަފްކުރީ ވިސާ ފީ ދައްކާ ފަރާތްތައް ނަމްބަރެއް ނަގައިގެން ކިއުގައި ނުޖެހި ގޭގައި ތިބެ ވެސް ފަސޭހަކަމާއެކު ޚިދުމަތް ހޯދޭނެ ނިޒާމެއް ގާއިމު ކުރުމަށް ކަމަށެވެ.

ބިދޭސީންނަށް ކޯޓާ ނެގުން ފަދަ ޚިދުމަތްތައްވެސް އޮންލައިންކޮށް "އެކްސްޕެޓް ސިސްޓަމް" އިން ލިބެން ހުންނައިރު، އެ ސިސްޓަމް މެދުވެރިކޮށް ވިސާފީ ދެއްކޭނެ ގޮތް ހަމަޖެހުމުން ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ލޮގިންއެއް ހަދަން ނުޖެހި، އެ ފަރާތަކަށް ދޫކުރެވިފައިވާ އެކްސްޕެޓް ލޮގިންއިން ޚިދުމަތް ހޯދޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. 

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ މީރާއިން ތައާރަފްކުރި އެ ޚިދުމަތުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ސަރުކާރުގެ ފަރާތުން ހޯދާ ޚިދުމަތްތަކަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ. 

"މި މުހިއްމު ޚިދުމަތަކީ އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ވިޔަފާރިކުރާ ފަރާތްތަކަށް ޚާއްސަ ގޮތެއްގައި އެބޭފުޅުން ސަރުކާރުން ހޯދަންޖެހޭ ޚިދުމަތް ހޯދުމުގަ ވަރަށް ބޮޑަށް އަވަސްވެގެންދާނެ ކަމެއް. އަޅުގަނޑުމެން މިއަދު ޤަބޫލުކުރަން އެބަ ޖެހޭ ރާއްޖޭގެ ވަރަށް ގިނަ ވިޔަފާރިތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ސަރުކާރުގެ ޚިދުމަތް ހޯދުމަށްޓަކާ ސަރުކާރުގެ އެކި އޮފީސްތަކުގެ ކިއު ޖެހިގެން ، އެއީ ނަންބަރު ނެގުމަށްޓަކާ ކިއުގައި ޖެހެން އެބަ ޖެހޭ. އަދި އެ ހޯދާ ޚިދުމަތް ހޯދުމަށްޓަކާ ވަރަށް ގިނަ އިރު ކިއުގައި މަޑުކުރަންޖެހޭ،" މަލީހު ވިދާޅުވިއެވެ. 

 

ވިސާ ފީ ދެއްކުމަށް ހުރަވީ ބިލްޑިންގްގައި ޚާއްސަކޮށްފައިވާ ކައުންޓަރަށް ދުވާލެއްގެ މައްޗަށް 150 އަށްވުރެ ގިނަ ކަސްޓަމަރުން ޚިދުމަތް ހޯދަން އަންނަ ކަމަށް މީރާއިން ބުނެ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް