Advertisement
ކ. މާލެ
|
3 ޖެނުއަރީ 2019 | ބުރާސްފަތި 13:56
ރާއްޖޭގެ ރަށެއްގެ އިންޖީނުގެއެއް
ރާއްޖޭގެ ރަށެއްގެ އިންޖީނުގެއެއް
ރާއްޖެ އެމްވީ
ފެނަކަ ކޯޕަރޭޝަން
ފެނަކައިގެ އިންޖީނުގެތަކަށް ޑީސަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ
މައުލޫމާތު ސާފުކުރުން އޮތީ 8 ޖެނުއަރީގައި
ބީލަން ހުށައެޅުން އޮތީ 17 ޖެނުއަރީގައި

ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކަށް ޑީސަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. 

ބުދަ ދުވަހު ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އެ ކުންފުނިން ދޭ މައުލޫމާތާ އެއްގޮތަށް ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކަށް ޑީސަލް ފޯރުކޮށްދޭނެ ފަރާތްތެއް ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. 

ބީލަމުގެ މައުލޫމާތު ސާފުކުރުން 8 ޖެނުއަރީ 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބީލަން ހުށައެޅުމާއި ހުޅުވުން އޮތީ 17 ޖެނުއަރީ 2019 ގައެވެ. 

ފެނަކައިގެ އިންޖީނުގެތަކަށް ޑީސަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، ކަރަންޓުގެ އަގު ކުޑަ ކުރުމަކީ ރައީސް ސޯލިހުގެ ވައުދެއް ކަމަށާއި އެ ވައުދު ފުއްދުމަށްޓަކައި ކަރަންޓު އަގު ކުޑަކުރުމުގެ މަސައްކަތް ފެނަކަ ކުންފުނިން ފަށާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ. 

އޭގެ އިތުރުން ކަރަންޓު ކެނޑޭ މައްސަލަ ދިމާވާ ރަށްރަށުގައި އެކަންތައް ހައްލު ކުރުމުގެ ގޮތުން ނިޒާމެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ބާ އިންޖީނުތައް އާކޮށް މިހާރު ހުރި އިންޖީނުގެތައް އިތުރަށް ހަރުދާނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ސައީދުވަނީ ވިދާޅުވެފައެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކަ އަށް ތެޔޮ ފޯރުކޮށްދިނުމުގެ ގިނަ މަސައްކަތްތައް ސަރުކާރަށް ތާއިދުކުރާ މަޖިލިސް މެންބަރުންގެ ކުންފުނިތަކަށް ދީފައިވާ އިރު ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައި ވެއެވެ. އެގޮތުން ހެޔޮ އަގުގައި ތެޔޮ ލިބެން އޮއްވައި ބޮޑު އަގުގައި މެންބަރުންގެ ކުންފުނިތަކުން ތެޔޮ ގަތުން ފާހަގަވެފައި ވެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
3 ޖެނުއަރީ 2019 | ބުރާސްފަތި 09:03
ޅަބޭބާ
ސަރުކާރު ގެ ކަރަޕްޓްލާރިން ވިޔަފާރި ހިނަގަނީ!ތިޔަވިޔަފާރި އަދިވެސް ހިންގަމުން ދަނީ ރަނިކަމަނަ ފާތުންނަށް ބައިލިބޭގޮތައް ކުރީގެ މަޖުލިސް މެމްބަރުން. ބަދަލުވީ ވެރިކަން .އެއްވެސްކަމެއް ބަދަލުވީތަނެއް ނުފެނެ!