ކ. މާލެ
|
25 ސެޕްޓެންބަރ 2023 | ހޯމަ 19:20
އެކަމާ ގުޅޭ އުސޫލު މިރޭގެ ވަގުތެއްގައި އާންމު ކުރައްވާނެކަމަށް އަކްރަމް ވިދާޅުވި
އެކަމާ ގުޅޭ އުސޫލު މިރޭގެ ވަގުތެއްގައި އާންމު ކުރައްވާނެކަމަށް އަކްރަމް ވިދާޅުވި
ބޯހިޔާވަހިކަން
ޓޫރިޒަމް އިންޑަސްޓްރީގައި 15 އަހަރު މަސައްކަތް ކުރައްވާފައިވާ ފަރާތްތަކަށް ޚާއްސަކޮށް 300 ފްލެޓު ދެނީ
އެކަމާ ގުޅޭ އުސޫލު މިރޭގެ ވަގުތެއްގައި އާންމު ކުރައްވާނެ
މިއީ ދާދި ފަހުން ރައީސް ސާލިހު އިއުލާނު ކުރެއްވި 6000 ފްލެޓުގެ ތެރެއިން ދޫކުރާ ފްލެޓުތަކެއް
ރައީސުލްޖުމްހޫރިއްޔާ ވަނީ ހޯމަ ދުވަހު މި ނިންމެވުން ނިންމަވާފައި

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން، ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ޚާއްސަކޮށް 300 ފްލެޓު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ޚާއްސަކޮށް 300 ފްލެޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނިންމަވާފައިވާ ކަމަށެވެ.

އެކަމާ ގުޅޭ އުސޫލު މިރޭގެ ވަގުތެއްގައި އާންމު ކުރައްވާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ޓޫރިޒަމް އިންޑަސްޓްރީގައި 15 އަހަރު މަސައްކަތް ކުރައްވާފައިވާ ފަރާތްތަކަށް ފްލެޓަށް އެދި ކުރިމަތިލެއްވޭނެ ކަމަށެވެ. އެގޮތުން މިއީ ދާދި ފަހުން ރައީސް ސާލިހު އިއުލާނު ކުރެއްވި 6000 ފްލެޓުގެ ތެރެއިން ޓޫރިޒަމް އިންޑަސްޓްރީއަށް ޚާއްސަކޮށްގެން ދޭ ފްލެޓުތަކެއްކަމަށް އަކްރަމް ވިދާޅުވިއެވެ.

- ކޮމެންޓް
24 ނޮވެންބަރ 2024 | އާދީއްތަ 15:19
ަހުސޭނު
މީ ކޮން އިންސާފެއް. ދިވެހި ދައުލަތަށް (ކުޑަ މުސާރައަކަށް) ކެނޑިނޭޅި 30 އަހަރު މަސައްކަތް ކޮށްފައިވާ މީހުންނަށް ފްލެޓް ނުލިބޭ އިރު މި މީހުންނަށް ޓިޕްސް އާއި ސަރވިސް ޗާރޖާ، ހުރުމާ، ކެއުމާ، ނިދުމާ ބޭސް ފަރުވާއާ، އަންނައުނާ، ލޯންޑްރީ ޚިދްމަތް ދީފައި އަދި 15 އަހަރު ޚިދްމަތް ކުރުމުން ފްލެޓް. ސަޅި. ސިވިލް ސަރވިސް އަށް 30 އަހަރު ޚިދްމަތް ކުރި މީހުން ވެސް ބާކީވެ ބިކަވީ. އެއީ ސިވިލް ސަރވަންޓުންނަށް ކަނޑައެޅި ފްލެޓް ތައް ވެސް އެ ފްލެޓް ދޫކުރާ ދުވަހު ވަޒީފާ ގައި ނެތުމުން ނުލިބުނު. މީ އިންސާފުތޯ. އެމީހާ ޚިދްމަތް ކޮށްފިޔޭ. އުމުރުން 30 އަހަރު ހޭދަކުރީ ދިވެހިދައުލަތަށް ޚިދްމަތް ކުރުމުގަޔޭ. އޭނާ ކުރި ޚިދްމަތުގެ އަގު ކޮބައިތޯ. މީތޯ އިންސާފަކީ. ޚިދްމަތް ކުރުުން ދިޔަ މީހަކު ވަޒީފާއިން ވަކިވާނެ ގޮތްތަކެއް ވަޒީފާ އާއި ބެހޭ ގާނޫނުގައި ކަނޑައެޅިފައި އެބަހުރި. މިއިންސަބަބަކާ ހުރެވެސް މީހާގެ ވަޒިފާ ގެއްލިދާނެ. 5 އަހަރުގެ ޓަރމަށް މަސައްކަތް ކުރާ މީހުންވެސް އެބަތިބި. މިމީހުންގެ ޓަރމް ހަމަވުމުން ވެސް ވަކިވެދާނެ. އެއްކަލަ އިއުލާނު ކުރާ ދުވަހާ މިއިން ދުވަހަކާ ދިމާވެއްޖެނަމަ ބިކަވީ. މުޅި އުމުރަށް މީ އިންސާފެއްތޯ.