Advertisement
ކ. މާލެ
|
3 ޖެނުއަރީ 2019 | ބުރާސްފަތި 12:47
ކަސްޓަމްސްގެ އޮޮފީހުގައި ބޭއްވި ޕްރެސް ބްރީފިން
ކަސްޓަމްސްގެ އޮޮފީހުގައި ބޭއްވި ޕްރެސް ބްރީފިން
ރާއްޖެއެމްވީ
ކަސްޓަމްސް ސާވިސް
ކަސްޓަމްސްގެ ޚިދުމަތްތައް ލުއި ފަސޭހަ ކުރުމަށް ލަނޑުދަނޑިތަކެއް ކަނޑައަޅައިފި
އަމާޒަކީ މިއަހަރުގެ ފުރަތަމަ 3 މަސްތެރޭ އެ ކަންކަން ހާސިލުކުރުން
6 ދާއިރާއަކުން ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރާނެ

ކަސްޓަމްސްގެ މަސައްކަތްތައް ހަރުދަނާކޮށް ޚިދުމަތްތަކަށް އިތުރު ލުއިފަސޭހަކަމެއް ގެނައުމަށްޓަކައި މިހާރުން މިހާރަށް ކުރަން ކަނޑައަޅާފައިވާ ކަންކަން ކަސްޓަސްއިން ބުނެފި އެވެ. 

ބުރާސްފަތި ދުވަހު މީޑިއާއާއި ބައްދަލުކުރައްވައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާނު ވިދާޅުވީ، 2019 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ވަކި ކަންތައްތަކެއް ހާސިލުކުރަން ކަނޑައަޅާފައިވާ ކަމަށެވެ. 

އެގޮތުން، އިމްޕޯޓް އެކްސްޕޯރޓް ކްލިއަރެންސް މަރުހަލާ މިހާރަށްވުރެ ހަރުދަނާ ކުރުމަށްޓަކައި އެކި ޚިދުމަތްތަކަށް ސިޓީއިން އެދުމުގެ ބަދަލުގައި އޮންލައިން ޕޯރޓަލްއެއް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދިނުމަށް ނިންމަވާފައިވާ ކަމަށް ނުއުމާން ވިދާޅުވިއެވެ. 

ނުއުމާނު ވިދާޅުުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަސްޓަމްސްގެ ދާއިރާއިން ހުރި ގޮންޖެހުންތައް ދެނެގަނެ ، ޚާއްސަކޮށް އޮންލައިން ވިޔަފާރި ކުރައްވާ ފަރާތްތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައްވެސް ކަސްޓަމްސްއިން އަޅާނެ ކަމަށެވެ. 

އިމްޕޯރޓް އެކްސްޕޯރޓް ކްލިއަރެންސާއި، އެސްއެމްއީ ވިޔަފާރިތަަކަށް ލުއިފަސޭހަ ކޮށްދިނުމުގެ އިތުރުން، އިތުރު ހަތަރު ދާއިރާއަކުން ކަސްޓަމްސްގެ މަސައްކަތްތައް ފުޅާކޮށް ކުރިއެރުވުމަށް ލަނޑުދަނޑިތަކެެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި، ބޯޑަރު އެންފޯސްމަންޓާއި، އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ދާއިރާއާއި، ތިމާވެއްޓާ ރައްޓެހި މާހައުލެއް ޤާއިމުކުރުމުގެ ދާއިރާގެ އިތުރުން، ޕަބްލިކް ރިލޭޝަން އިތުރަށް ހަރުދަނާ ކުރުމުގެ ދާއިރާ ހިމެނެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް