Advertisement
ކ. މާލެ
|
3 ޖެނުއަރީ 2019 | ބުރާސްފަތި 01:14
ރިސޯޓުގައި ރޯވެފައިވާ އަލިފާންގަނޑު
ރިސޯޓުގައި ރޯވެފައިވާ އަލިފާންގަނޑު
ރާއްޖެ އެމްވީ
އަލިފާން ރޯވުން
އަލިފާން ރޯވުމުން، ގިލިލަންކަން ފުށި ރިސޯޓުގެ ފަތުރުވެރިން ދެ ރިސޯޓަކަށް ބަދަލުކޮށްފި
9 ކޮޓަރިއެއްގައި އަލިފާން ރޯވެ، ވޯޓާ ވިލާތައް ވަނީ އަނދާފައި
މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައެއް ނުވޭ

ސޮނޭވާ ގިލިލަންކަންފުށި ރިސޯޓުގައި އަލިފާން ރޯވުމާ ގުޅިގެން ބައެއް ފަތުރުވެރިން، ދެ ރިސޯޓަކަށް ބަދަލުކޮށްފިއެވެ. ފަތުރުވެރިން ބަދަލު ކުރީ އަދާރަން ސެލެކްޓް ހުދު ރަންފުށި ރިސޯޓަށާއި ކޮމޯ މާލި ފުށި ރިސޯޓަށެވެ.

އަލިފާން ރޯވިކަމުގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމަށް ލިބިފައި ވަނީ ބުދަ ދުވަހުގެ ރޭ 10:32 ހާއިރުއެވެ. ރިސޯޓުގެ ނުވަ ވޯޓާ ވިލާގައި ރޯވުމާ ގުޅިގެން އެ ކޮޓަރިތައް ވަނީ އެއްކޮށް އަނދާފައެވެ.

އެމްއެންޑީއެފުން ބުނީ އެ ރިސޯޓުގެ ތެރެއަށް އަލިފާންގަނޑު ފެތުރުން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ރެސްޓޯރެންޓްގެ ބަދިގޭގައި ރޯވެފައިވާ އަލިފާންގަނޑު ވެސް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު އަދި ލިބިފައިނުވާ ކަމަށެވެ. އަދި އަލިފާން ރޯވި ސަބަބު ވެސް އަދި ނޭނގެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް