Advertisement
ކ. މާލެ
|
3 ޖެނުއަރީ 2019 | ބުރާސްފަތި 01:00
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް، ކަރެކްޝަނަލް ސާރވިސްގެ ވެހިކަލަށް އަރަނީ
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް، ކަރެކްޝަނަލް ސާރވިސްގެ ވެހިކަލަށް އަރަނީ
ރާއްޖެ އެމްވީ
އަހުމަދު އަދީބް
އަދީބު އަނބުރާ ޖަލަށް ގެންގޮސްފި
އޭނާ ޖަލަށް ގެންދިޔައީ ފުލުހުންނާއި ކަރެކްޝަން ގުޅިގެން

ކޮރަޕްޝަނާއި ހިޔާނާތުގެ ކުށް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ބޭސްފަރުވާއަށް ގެއަށް ބަދަލުކޮށްފައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބުރާ ޖަލަށް ގެންގޮސްފިއެވެ.

ފުލުހުންގެ އެހީތެރިކަމާއެކު، ކަރެކްޝަނުން އޭނާ ޖަލަށް ބަދަލު ކުރީ ބުދަ ދުވަހުގެ ރޭ 11:00 ޖަހަށް އުޅެނިކޮށެވެ. އަދީބު ޖަލަށް ބަދަލު ކުރުމަށް އޭނާ ދިރިއުޅޭ ގ. ހުމަށި އިމާރާތަށް ފުލުހުން ވަނީ ބުދަ ދުވަހުގެ ރޭ 10:00 ޖެހިފަހުންނެވެ. އަދީބު ޖަލަށް ގެންދިޔައީ އޭނާގެ ދިރިއުޅޭ އިމާރާތް ހިމެނޭ ސަރަހައްދުގެ މަގުތައް ބަންދު ކުރުމަށްފަހުގައެވެ.

އަދީބު ޖަލަށް ބަދަލުކޮށްފައި ވަނީ ފަރުވާއަށް 36 ދުވަސް ވަންދެން ގޭ ބަންދުގައި ބެހެއްޓުމަށްފަހުގައެވެ. އަދީބުގެ ސިއްހީ ހާލަތު ގޯސްވެގެން އޭނާ އެޑްމިޓްކޮށްގެން އައިޖީއެމްއެޗުގައި ފަރުވާ ދޭން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ. ކިޑްނީގައި ހިލަ އުފެދުމާ ގުޅިގެން އޮޕަރޭޝަން ކުރުމަށްފަހު، އޭނާ ގޭ ބަންދަށް ބަދަލު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

ގެއަށް ބަދަލު ކުރިތާ 30 ވަނައަށް ވީ ދުވަހު އޭނާ އިސްވެ ހުންނަވައިގެން، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ނަމުގައި އުފެއްދި ސިޔާީ ޕާޓީ އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ވަނީ ރަޖިސްޓްރީކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް