ކ. މާލެ
|
2 ޖެނުއަރީ 2019 | ބުދަ 05:23
ދުބާއިގެ ބަހެއް މަޑުކޮށްލައިގެން
ދުބާއިގެ ބަހެއް މަޑުކޮށްލައިގެން
ޓްވިޓަރ
ދުބާއީ
ދުބާއީގައި އާއްމު ދަތުރު ފަތުރު ބޭނުންކުރި މީހުންގެ އަދަދު ދެ މިލިއަނަށް!
ދަތުރު ކުރި ފަސެންޖަރުންގެ އަދަދު 10 އިންސައްތަ އިތުރުވެފައިވޭ

އާ އަހަރުގެ ފުރަތަމަ ދުވަހު ދުބާއިގެ އާއްމު ދަތުރު ފަތުރު ދެ މިލިއަންއެއްހާ މީހުން ބޭނުންކުރި ކަމަށް އެ ގައުމުން ބުނެފި އެވެ.

ދުބާއިގެ ރޯޑްސް އެންޑް ޓްރާންސްޕޯޓް އޮތޯރިޓީ އަންގާރަ ދުވަހު ނެރުނު ރިޕޯޓްގައިވާ ގޮތުން 2018 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު ދަތުރު ކުރި މީހުންގެ އަދަދާ އަޅާބަލާއިރު، މިފަހަރު 10 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. މިއީ އެއް ދުވަސްތެރޭގައި ދަތުރުކުރި މީހުންގެ އަދަދަށް ބަލާއިރު ރެކޯޑް އަދަދެކެވެ.

ޖެނުއަރީ 1 ވަނަ ދުވަހު ދުބާއީގެ އާންމު ދަތުރު ފަތުރުގެ ނިޒާމު ބޭނުންކުރި މީހުންގެ ތެރެއިން 867،000 މީހުން މެޓްރޯއިން ދަތުރުކޮށްފައި ވާއިރު، 428،549 މީހުން ދަތުރު ކޮށްފައި ވަނީ ބަހުންނެވެ. ބާކީ 659،134 މީހުން ދަތުރު ކޮށްފައި ވަނީ ޓެކްސީން ކަމަށް އެ ރިޕޯޓްގައިވެއެވެ.

މިހާ ގިނަ އަދަދެއްގެ ބަޔަކު ދަތުރު ކޮށްފައިވަނީ އާ އަހަރު ފާހަގަ ކުރުމަށް ބޭއްވި ޕާޓީތަކުގައި ބައިވެރިވުމުގެ ގޮތުންނެވެ. ދުބާއީގެ ބުރިޖް ޙަލީފާގައި އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަވާ އެރުވުމުގެ ރަސްމިއްޔާތުގައި އެއް މިލިއަން މީހުން ވަނީ ބައިވެރިވެފައެވެ.

ތެލުގެ ގޮތުން މުއްސަނދި ދުބާއީއަކީ މެދުއިރު މަތީގެ ވިޔަފާރީގެ ހަބެވެ. ދުބާއީވެފައި ވަނީ ދުނިޔޭގެ އެންމެ އަގު ބޮޑު ސިޓީގެ ގޮތުގައެވެ. އާ އަހަރާ ދިމާކޮށް ދުބާއި އަށް ގިނަ ބަޔަކު ޒިޔާރަތް ކުރެއެވެ. އޭގެ ތެރޭގައި ބޮލީވުޑް، ހޮލީވުޑްގެ މަޝްހޫރު މީހުންގެ އިތުރުން މަހުޖަނުން ވެސް ހިމެނެއެވެ. 

- ކޮމެންޓް