Advertisement
ކ. މާލެ
|
30 ޑިސެންބަރ 2018 | އާދީއްތަ 14:51
ބައެއް ރަށްތަކަށް ޖަނަރޭޓަރ ފޮނުވަނީ
ބައެއް ރަށްތަކަށް ޖަނަރޭޓަރ ފޮނުވަނީ
މުރުޝިދް އަބްދުލް ހަކީީމް
ކަރަންޓު ކެނޑުމުގެ މައްސަލަ
ރަށްރަށުގެ ޖަނަރޭޓަރުތަކަށް ފަސޭހައިން ސްޕެއަރ ލިބޭނެ ގޮތް ހަދާނަން: ސައީދު
ރާއްޖޭގެ 152 ރަށެއްގައި 148 އިންޖީނުގެ ހުރޭ
505 ޖެންސެޓް މި ވަގުތަށް އެބަހުރި

ރަށްރަށުގެ ކަރަންޓަށް ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދެއްވުމަށްޓަކައި ޖަނަރޭޓަރުތަކުގެ ސްޕެއަރ ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ. 

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ހައިސިއްޔަތުން ފުރަތަމަ ފަހަރަށް މީޑީއާއަކާ ވާހަކަ ދައްކަވަމުން، ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ސައީދު ވިދާޅުވީ، ކުއްލިއަކަށް ޖަނަރޭޓަރެއް ހަލާކުވެއްޖެ ނަމަ އެއަށް ބޭނުންވާނެ ސްޕެއަރ ޖެންސެޓް ނިޒާމެއް ޤާއިމުކުރައްވާނެ ކަމަށާއި، މިހާރު ޚިދުމަތްދޭ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. 

"ކަމެއް ދިމާވާ ހާލަތެއްގައި އެވަގުތެއްގައި ހައްލު ކުރެވޭނެ ރަނގަޅު މެކޭނިޒަމެއް އަޅުގަނޑުމެންނަށް ޤާއިމުކުރެވިދާނެ. މިހާރު މި ރީޖަންތަކަށް ސާރވިސް ސެންޓަރުތަކެއް ހެދި އެ ސެންޓަރުތަކުން ޚިދުމަތްތައް ދޭން ފެށީމަ ކަރަންޓު ކެނޑޭ ހާލަތްތަކުގައި އެ ސެންޓަރުތަކުގައި ސްޕެއަރ ޖެންސެޓްތައް ހުރީމަ އަޅުގަނޑުމެންނަށް ވަގުތުން މޮބިލައިޒް ކުރެވޭނެ،" ސްޕެއަރ ޖެންސެޓް ރަށްރަށަށް ފަސޭހައިން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ސައީދު ވިދާޅުވިއެވެ. 

ސައީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ 152 ރަށެއްގައި 148 އިންޖީނުގެ ހުރިއިރު، އޭގެ ތެރޭގައި 505 ޖެންސެޓް މިވަގުތަށް ހުރި ކަމަށާއި، ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެއްޖެ ނަމަ ވަގުތުން ހައްލު ކުރުމަށް އެ ނިޒާމުގެ ތެރެއިން ފަސޭހަ ވެގެން ދާނެ ކަމަށެވެ. 

ރާއްޖޭގެ ރަށްރަށުން ކަރަންޓް ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާ ކަމުގެ ޝަކުވާ ގިނަވެފައިވާއިރު، ކަރަންޓުގެ ދަތިކަން ހައްލުކޮށްދިނުން އެދި ރާއްޖޭގެ އެކި ރަށްރަށުގައި މުޒާހަރާތައް ވެސް ވަނީ ކޮށްފައެވެ. އޭގެ އިތުރުން ޖަނަރޭޓަރުތަކަށް ދިމާވާ މައްސަލަތައް ގިނަ ދުވަސްވާއިރު ވެސް ހައްލު ނުކުރެވޭ ކަމުގެ ޝަކުވާތައް ވެސް ވަނީ ގިނަވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް