Advertisement
ކ. މާލެ
|
30 ޑިސެންބަރ 2018 | އާދީއްތަ 11:53
ޖެންޑަރ މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސް
ޖެންޑަރ މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސް
ރާއްޖެއެމްވީ
ނުކުޅެދުންތެރިކަން ހުރި ކުދިން
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހޯދައި ދިނުމަށް ޖެންޑަރ މިނިސްޓްރީން އެހީވަނީ
20 ފަރާތަކުން ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް އެދިފަޥޭ
އެއީ ސަރުކާރުގެ 100 ދުވަހުގެ ވައުދެއް

ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރި ކުރުވުމުގެ ގޮތުން އެފަދަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް އިން ފައްޓަވައިފިއެވެ. 

މިނިސްޓަރ ޝިދާތާ ޝަރީފް ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުވުމަކީ މިނިސްޓްރީގެ މުހިއްމު އަމާޒެއް ކަމަށާއި، އެފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަަށް ސަރުކާރުން ވެފައިވާ ވައުދު ފުރިހަމަކުރެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. 

"އަޅުގަނޑުމެން އެންމެ ބޮޑަށް މި ބަލަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެއް ހަމަ ވަޒީފާއަކަށް ފޮނުވުމުގެ ބަދަލުގައި އެފަރާތްތަކުގެ ހުރި ޤާބިލުކަމާއި، ހުނަރާއި އަދި ޝައުޤުވެރިކަމަށް ބަލައި ވަޒީފާގެ ހުރި ފުރުސަތު ތަކަށް ބަލައި އެންމެ އެކަށީގެންވާ ރައްކާތެރި މާހައުލެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ވަޒީފާ އަދާކުރެވޭނެ މާހައުލެއް ފަހިކުރުން،" މިނިސްޓަރ ވިދާޅުވެފައިވެއެވެ. 

ޝިދާތާ ވިދާޅުވީ މިހާތަނަށް 20 ފަރާތަކުން ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް އެދި މިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށާއި، އޭގެ ތެރެއިން 6 ފަރާތަކަށް ވަޒީފާ ހަމަޖެއްސުމުގެ މަޝްވަރާތައް މިނިސްްޓްރީން ކުރަމުންދާ ކަމަށެވެ. އޭގެތެރެއިން އެއް ކުއްޖަކު މިހާރު ވަޒީފާއަށް ނުކުމެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ލިބޭ ގޮތަށް ދާދި ފަހުން ޖެންޑަރ މިނިސްޓްރީން ހަމަޖައްސާފައި ވާއިރު، އެފަދަ ފަރާތްތައް ބާރުވެރި ކުރުމުގެ ގޮތުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް