Advertisement
ކ. މާލެ
|
28 ޑިސެންބަރ 2018 | ހުކުރު 13:41
ހައްޖަށް ދާ ގްރޫޕެއް
ހައްޖަށް ދާ ގްރޫޕެއް
ގޫގުލް
ފަތުހު ހައްޖު ގްރޫޕް
އަލް ފަތުހު ގްރޫޕަށް ފައިސާ ދެއްކި މީހުން މަދަނީ ދައުވާކުރަނީ
ދައުވާކުރަނީ ލިޓިކާ ލޯ އެސޯސިއޭޓްސް އެލްއެލްޕީއިން
ދައުވާ ކުރިއަށްގެންދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވަނީ ހުޅުވާލެވިފަ

ހައްޖަށް ދިއުމަށްޓަކައި އަލް ފަތުހު ހައްޖު އަދި އުމްރާ ގްރޫޕަށް ފައިސާ ދެއްކި މީހުންގެ ތެރެއިން އެ ފަހަރު ހައްޖަށް ގެންގޮސްދީފައި ނުވާ މީހުން އެ ގްރޫޕުގެ މައްޗަށް މަދަނީ ދައުވާ ކުރަން ނިންމައިފިއެވެ.

އެ މައްސަލާގައި ހައްޖަށް ގެންގޮސް ދޭނެ ކަމަށް ބުނެ 2015 ވަނަ އަހަރު އަލް ފަތުހު ހައްޖު އަދި އުމްރާ ގްރޫޕަށް ދީފައިވާ ކޯޓާގެ އަދަދަށްވުރެ އިތުރަށް އެ އަހަރު ހައްޖަށް ގެންގޮސް ދޭނެ ކަމަށް ބުނެ، އިތުރު 72 މީހެއްގެ އަތުން ފައިސާ ނަގައި، ހައްޖަށް ގެންގޮސް ދީފައި ނުވާތީ އެ ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކޮށްދިނުމަށް ލިޓިކާ ލޯ އެސޯސިއޭޓްސް އެލްއެލްޕީ ކިޔާ ލޯފާރމަކުން ވަނީ ނިންމާފައެވެ. 

ލިޓިކާ ލޯ އެސޯސިއޭޓްސް އެލްއެލްޕީ އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ 72 ފަރާތުގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ އެ މައްސަލާގައި އަލް ފަތުހު ހައްޖު އަދި އުމްރާ ގްރޫޕަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދުމަށް އެދި މަދަނީ ދައުވާ ކޮށްދިނުމަށް އެދިފައި ކަމަށާއި، ޝަރީއަތުގެ މަރުހަލާއަށް ހުށައަޅައިގެން އެ މައްސަލަ ކުރިއަށް ގެންދިއުމަށް އެ ލޯފާރމް އިން ނިންމާފައިވާ ކަމަށެވެ.

އަލް ފަތުހު ހައްޖު އަދި އުމްރާ ގްރޫޕަށް ފައިސާ ދެއްވި ފަރާތްތަކުގެ ތެރެއިން އެ ދައުވާގައި ބައިވެރިވެ ދައުވާ ކުރިއަށް ގެންދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު، ދާދިފަހުން ކްރިމިނަލް ކޯޓުން ވަނީ އަލް ފަތުހު ހައްޖު އަދި އުމްރާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު މުސްތަފާ މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތު ނުވާކަމަށް ހުކުމް ކޮށްފައެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މި ދައުވާގެ މައްޗަށް ބިނާވެގެން ކުރެވިފައިވާ ތަހުޤީޤުތައް ފުރިހަމަ ނޫން ކަމަށާއި، އެއީ ޤާނޫނީ ގޮތުން ބާތިލު ތަހުޤީޤެއް ކަމަށެވެ. މީގެ އިތުރުން ދިފާއީ ހެކިންގެ ހެކިބަހުން މުސްތަފާ އެ ދައުވާ އަށް އިންކާރުކޮށް ދައްކާފައިވާ ވާހަކަތަކަށް ބާރުލިބޭ ކަމަށާއި އެކަންކަން ނަފީ ކުރެވޭނެ ޤާނޫނީ ހެއްކެއް ނުވަތަ ޤަރީނާއެއް ދައުލަތުން ހުށައަޅާފައި ނުވާ ކަމަށް ވެސް ހުކުމުގައި ބަޔާންކޮށްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް