ކ. މާލެ
|
26 ޑިސެންބަރ 2018 | ބުދަ 17:11
ޗައިނާގެ ވާވޭ ކުންފުނީގެ ލޯގޯ
ޗައިނާގެ ވާވޭ ކުންފުނީގެ ލޯގޯ
ރޮއިޓަރސް
ވާވޭގެ ފޯނުތައް
ވާވޭއިން އަހަރުގެ މިހާތަނަށް 200 މިލިއަން ފޯނު ވިއްކައިފި
ވާވޭއިން ބުނެފައިވަނީ އެ ކުންފުނިން އުފައްދާފައިވާ 500 މިލިއަން ފޯނު ދުނިޔޭގެ 170 ގައުމުއްގައި ބޭނުން ކުރަމުންދާ ކަމަށް

ޗައިނާގެ މުއާސަލާތި ޓެކްނޮލޮޖީ އުފައްދާ ވާވޭ ކުންފުނިން މި އަހަރު 200 މިލިއަނަށް ވުރެ ގިނަ މޯބައިލް ފޯނު ވިއްކައިފިއެވެ.

ވާވޭއިން މިހާ ގިނަ އަދަދަކަށް ފޯނު ވިއްކާފައި ވަނީ މި އަހަރު އެ ކުންފުނިން ނެރުނު ފޯނުތަކަށް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ދިޔުމާ ގުޅިގެންނެވެ. މީގެ ތެރޭގައި ޕީ20، މޭޓް 20 އަދި ނޯވާ ސީރީސްގެ މޮޑެލްތައް ހިމެނެއެވެ.

މި އަހަރުގެ ދެވަނަ ކުއާޓާރުގައި މަޝްހޫރު އެޕަލް ކުންފުނި ފަހަތަށް ޖައްސާލުމަށް ފަހު ވާވޭ އިން ވަނީ ވާދަވެރި ސްމާޓްފޯނު މާކެޓްގެ ދެވަނަ ހޯދާފައެވެ.

2008 ވަނަ އަހަރު އެންމެ 3 މިލިއަން ފޯނު ވިއްކި ވާވޭއަށް، އެއްމެ އަށް އަހަރުގެ ތެރޭގައި ވަނީ ވިއްކި ފޯނުތަކުގެ ނިސްބަތުން 66 އިންސައްތަ ކުރިއެރުމެއް ލިބިފައެވެ. އަދި މިދިޔަ އަހަރު ފޯނު ވިކުނު އަދަދަށް ވުރެ އިތުރަށް 50 މިލިއަން ފޯނު ވާވޭއިން ވަނީ ވިއްކާފައެވެ.

ވާވޭއިން ބުނެފައި ވަނީ އެންމެ ފަހުގެ އަދަދުތަކާ އެކު މިހާރު އެ ކުންފުނިން އުފައްދާފައިވާ 500 މިލިއަން ފޯނު ދުނިޔޭގެ 170 ގައުމުއްގައި ބޭނުން ކުރަމުންދާ ކަމަށެވެ.

1987 ވަނަ އަހަރު ޗައިނާގެ އަސްކަރިއްޔާގެ ކުރީގެ އިންޖިނިއަރެއް ކަމުގައިވާ ރެން ޒަންފޭ އުފެއްދި ވާވެ ކުންފުނި ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑަށް ކުރިއަރާފައެވެ. މޯބައިލް ފޯނު ވިޔަފާރީގެ އިތުރުން އެ ކުންފުނިން ދަނީ މުއާސަލާތީ ހިދުމަތުގައި ބޭނުންކުރާ އެހެން ސާމާނު ވެސް އުފައްދާ ކުންފުންޏެކެވެ.  ވާވޭގެ ފޯނުތަކަކީ މިހާރު ދިވެހިންގެ ތެރޭގައި ވެސް މަގުބޫލުކަން ހޯދަމުން އަންނަ ފޯނުތަކެކެވެ.

- ކޮމެންޓް