Advertisement
ކ. މާލެ
|
26 ޑިސެންބަރ 2018 | ބުދަ 15:12
ރ، ދުވާފަރުގައި ޤައުމީ އެއްބަައިވަންތަކަމުގެ ދުވަހުގެ ޖަލްސާގެ ތެރެއިން
ރ، ދުވާފަރުގައި ޤައުމީ އެއްބަައިވަންތަކަމުގެ ދުވަހުގެ ޖަލްސާގެ ތެރެއިން
ރާއްޖެއެމްވީ
ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް
ދިވެހިންގެ ބަދަހިކަމަށް ސިޔާސީ ހަމަނުޖެހުމުގެ ސަބަބުން ކުޑަ ކޫރުމެއް އެބަ އެޅޭ: އިމްރާން
ރާއްޖޭގައި ސިޔާސީ ހަމަޖެހުން ޤާއިމުކޮށް ބެހެއްޓުމަކީ މުހިންމު ކަމެއް

ދިވެހިންގެ ބަދަހިކަމަށް ކުޑަކުޑަ ކޫރުމެއް އެޅިގެންދަނީ ސިޔާސީ ހަމަނުޖެހުމުގެ ސަބަބުން ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށްޓަކައި ބުދަ ދުވަހު ދުވާފަރުގައި ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ ޤައުމު އެކަތި ގަނޑެއްގެ ގޮތުގައި އޮވެ، ރާއްޖޭގައި ސިޔާސީ ހަމަޖެހުން ޤާއިމުކޮށް ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. ރައީސް ސޯލިހްގެ ސަރުކާރުން އެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމަށްޓަކާ މަސައްކަތްކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވަތަންގެ ސަލާމަތާއި ރައްކާތެރިކަން ދެމި އޮތީ އެއްބައިވަންތަކަމުގެ ސަބަބުން ކަމަށް ފާހަގަކުރައްވާ އިމްރާން ވަނީ ދިވެހިން ދިވެހިންގެ ގޮތުގައި ދެމި ތިބުމަށް އިމްރާން ގޮވާލައްވާފައެވެ. އިންސާނީ މުޖުތަމައުއެއްގެ ލާޒިމްކުރާ ގިނަ ކަންތައްތަކެއްވާކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ ދީނާއި އަޤީދާ އާއި ބަހާއި ސަޤާފަތަކީ، އަދި ދިރިއުޅުމުގެ އާދަކާދަތަކަކީ އެއްބައިވަންތަކަން ހިފައްޓަހާ ކަންތައްތައް ކަމަށެވެ.

އިމްރާން ވަނީ ސުނާމީ އެރި ދުވަހު ސިފައިންނާއި ފުލުހުންގެ ފަރާތުން ލިބުނު އެހީތެރިކަން ޤައުމީ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް