ކ. މާލެ
|
11 ފެބްރުއަރީ 2017 | ހޮނިހިރު 17:59
ޔަމަނުގެ ކާބޯތަކެއްޗަށް ބޭނުންވެފައިވާ ކުއްޖެއް
ޔަމަނުގެ ކާބޯތަކެއްޗަށް ބޭނުންވެފައިވާ ކުއްޖެއް
އަލްޖަޒީރާ
ޔަމަން
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
ޔަމަނުގެ 17.1 މިލިއަން މީހުން ވަނީ ކާބޯތަކެތި އެކަށީގެންވާ ވަރަށް ނުލިބޭ ހާލަތުގައި

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ ކަމަށް އދ. ގެ ތިން އެޖެންސީއަކުން ހެދި ޖޮއިންޓް އެސެސްމަންޓަކުން ދައްކައިފިއެވެ.

ޔަމަނުގެ 27.4 މިލިއަން މީހުންގެ އާބާދީގެ ތިންބައި ކުޅަ ދެބަޔަށް ވުރެ ގިނަ މީހުން، ނުވަތަ 17.1 މިލިއަން މީހުން ވަނީ ކާބޯތަކެތި އެކަށީގެންވާ ވަރަށް ނުލިބޭ ހާލަތުގައެވެ.

ޔަމަނުގެ ހާލަތަށް ބަލާ އެސެސްމަންޓު ހެދީ ޔޫއެން ޗިލްޑްރަންސް ފަންޑު (ޔުނިސެފް) އާއި ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފްއޭއޯ) އާއި ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) ގުޅިގެންނެވެ. މިއީ މިދިޔަ އަހަރު މާޗް މަހު ޔަމަނުގެ ހަނގުރާމަ ގޯސްވި ފަހުން ގޭބިސީތަކަށް އަމާޒުކޮށްގެން ކުރި މިފަދަ ފުރަތަމަ އެސަސްމަންޓެވެ.

ޔަމަނުގައި ތިބި ކާނާގެ ރައްކާތެރިކަން ނެތް 17.1 މިލިޔަން މީހުންގެ ތެރެއިން 7.3 މިލިޔަން މީހުންނަކީ އިމަޖެންސީކޮށް ކާނާގެ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނެވެ.

- ކޮމެންޓް