ކ. މާލެ
|
25 ޑިސެންބަރ 2018 | އަންގާރަ 18:03
އުރީދޫއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އުރީދޫއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
އުރީދު ޕްރޮމޯޝަން
އުރީދޫ ކަސްޓަަމަރުންނަށް ހުރިހާ ވައިބަރ ސްޓިކަރ ޕެކެއް އެއްމެ 19 ރުފިޔާއަށް ލިބޭ ޕްރޮމޯޝަނެއް
މި ހިދުމަތް އެކްޓިވޭޓް ކުރުމުން ވައިބަރ ސްޓިކަރ މާކެޓްގައި ހިމެނޭ ހުރިހާ ސްޓިކަރތައް އުރީދޫގެ ކަސްޓަމަރުންނަށް އިތުރު އެއްވެސް އަގަކާއި ނުލާ ބޭނުން ކުރެވޭނެ

އުރީދޫ މޯލްޑިވްސް އާއި ވައިބަރ ގުޅިގެން، ވައިބަރގެ ހުރިހާ ސްޓިކާ ޕެކެއް އެއްމެ 19 ރުފިޔާއަށް ލިބޭ ޕްރޮމޯޝަންއެއް ފަށައިފިއެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫއިން ބުނެފައިވަނީ މި ހިދުމަތް އެކްޓިވޭޓް ކުރުމުން ވައިބަރ ސްޓިކަރ މާކެޓްގައި ހިމެނޭ ހުރިހާ ސްޓިކަރތައް އެ ކުންފުނީގެ ކަސްޓަމަރުންނަށް އިތުރު އެއްވެސް އަގަކާއި ނުލާ ބޭނުން ކުރެވޭނެ ކަމަށެވެ. މީގެ ތެރޭގައި ފައިސާ ދައްކައިގެން ބޭނުންކުރެވޭ ޕްރިމިއަމް ވައިބަރ ސްޓިކަރތައް ވެސް ހިމިނޭ ކަމަށް އުރީދޫ އިން ވަނީ މައުލޫމާތު ދީފައެވެ.

އުރީދޫއިން އިތުރަށް ބުނެފައިވަނީ މި ހިދުމަތް ތައާރަފް ކުރަން މި ނިންމީ ވައިބަރ އަކީ ދިވެހިންގެ ތެރޭގައި މަގުބޫލު އެޕަކަށް ވެފައި އެ ކުންފުނީގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ދެވޭ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ކަމަށެވެ. އުރީދޫއިން ބުނެފައިވަނީ ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ފަސޭހަތައް ގެނެސްދިނުމަށް، ލޯކަލް އަދި އިންޓަރނޭޝަނަލް ޕާޓްނަރުންނާއި ގުޅިގެން އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ

އަންލިމިޓެޑް ވައިބަރ ސްޓިކަރގެ ހިދުމަތް ހޯއްދެވުމަށް STICKER ޖެއްސެވުމަށް ފަހު 4114 އަށް ފޮނުއްވުމުން ވައިބަރގެ ސްޓިކަރ މާކެޓުން ބޭނުންފުޅު ވަރަކަށް ސްޓިކަރ ޑައުންލޯޑް ކުރެއްވޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް www.ooredoo.mv ޒިޔާރަތް ކޮށްލެއްވުމަށް އުރީދޫއިން ވަނީ އެދިފައެވެ.

އުރީދޫއަކީ 2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދެމުން އަންނަ ބައިނަލްއަގްވާމީ ކުންފުންޏެކެވެ. އުރީދޫއިން ދަނީ ރާއްޖެ ހިމެނޭ ގޮތަށް 10 ގައުމެއްގައި މުއާސަލާތީ ހިދުމަތް ފޯރުކޮށް ދެމުންނެވެ. މީގެ ތެރޭގައި މެދު އިރުމަތީގެ ގައުމުތަކާއި އެފްރިކާގެ ގައުމުތަކާއި ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތައް ހިމެނެއެވެ.

- ކޮމެންޓް