Advertisement
ކ. މާލެ
|
22 ޑިސެންބަރ 2018 | ހޮނިހިރު 10:14
އޫރުން ތައްޔާރުކޮށްފައިވާ ޖެލްޓިން ގެ ޕްރޮޑަކްޓް
އޫރުން ތައްޔާރުކޮށްފައިވާ ޖެލްޓިން ގެ ޕްރޮޑަކްޓް
ރާއްޖެއެމްވީ
ވިއްކުން މަނާ ޕްރޮޑަކްޓެއް
އޫރުން ތައްޔާރުކޮށްފައިވާ އުފެއްދުމެއް ރާއްޖޭގެ ބާޒާރުގައި ވިއްކަނީ
އެއީ ސަތޭކަ އިންސައްތަ އޫރުގެ ބާވަތެއް ކަމަށް ލިއެފައިވޭ
ޖެލަޓިންތައް ވިއްކާތާ މަހެއްވެއްޖެ

އޫރުން ތައްޔާރުކޮށްފައިވާ އުފެއްދުމެއް ރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާކަން އެނގިއްޖެ އެވެ. 

ރާއްޖޭގެ މަޝްހޫރު ސުޕަމާކެޓެއްގެ އިތުރުން އެހެން ބައެއް ފިހާރަތަކުގައި ވިއްކަމުންދަނީ އޫރުން އުފައްދާފައިވާ ޖެލިޓާ ބްރޭންޑްގެ ޖެލަޓިން އެވެ. އެއީ އޫޖެލީ އާއި އައިސްކްރީމް ފަދަ ފޮނި ކާތަކެތި ތައްޔާރުކުރާއިރު ބޭނުންކުރާ އެއްޗެކެވެ. 

ޖަނުމަނުވިލާތުގެ މި އުފެއްދުމުގައި ހަލާލު ލޭބަލް ވެސް ޖަހާފައެއް ނެތެވެ. 

މާލޭގެ މަޝްހޫރު ސުޕަމާކެޓަކުން މި އުފެއްދުން ގަތް މީހަކު ރާއްޖެއެމްވީއަށް ބުނި ގޮތުގައި، އެއީ 100 ޕަސެންޓް އޫރުން ތައްޔާރުކޮށްފައިވާ އުފެއްދުމެއްކަން އެނގުމުން އެ ފިހާރައަށް ގޮސް އެކަމުގެ ޝަކުވާ ކުރި ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު އެ ހުރިހާ އުފެއްދުމެއް ފިހާރައިގެ ހަރުން ނަގާފައިވާ ކަމަށް އޭނާ ބުންޏެވެ. 

އޭނާ ބުނި ގޮތުގައި ޖެލިޓާ ބްރޭންޑްގެ ޖެލަޓިންއަކީ އޫރުގެ އުފެއްދުމެއް ކަމަށް ފިހާރައަށް ވެސް އެނގެ އެވެ. ނަމަވެސް އެ އުފެއްދުން ވިއްކަން ބަހައްޓާފައި ހުރީ ކަސްޓަމްސްއިން އެ އުފެއްދުން އެތެރެ ކުރުމުގެ ހުއްދަ ދީފައިވާތީ ކަމަށް އެ ފިހާރައިން ބުނި ކަމަށް އޭނާ ބުންޏްވެ. 

ޖެލިޓާ ބްރޭންޑްގެ ޖެލަޓިން މާލޭގައި ވިއްކާތާ މަހެއްހާ ދުވަސް ވެފައިވާ ކަމަށް ރާއްޖެ އެމްވީއާ ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާ އެއްޗެއް ހުރިތޯ ބަލައި ފާސްކުރަން ޖެހޭނެ ކަމަށް ކަސްޓަމްސްގެ ޤާނޫނުގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
22 ޑިސެންބަރ 2018 | ހޮނިހިރު 15:10
އިޚްލާސް
މަހެއްވީ ބަންދު ދުވަސްތަކާ އެކުތޯ ނުވަތަ ނޫންތޯ ސާފުކޮއްލަ ދެއްވުން އެދެމެވެ. އެހެންނޫނީ ބުނެވޭނީ މިސަރުކާރުން ރައްޔިތުން އޫރުމަސް ކާންދީފިކަމަށެވެ.
22 ޑިސެންބަރ 2018 | ހޮނިހިރު 14:10
އަސްލަމް
ގަސްތުގައި އެނގިގެން ވިއްކި ކަމަށްވަޏާ ވިޔަފާރި ހުއްދަ ބާތިލް ކުރަން ޖެހޭނެ