Advertisement
ކ. މާލެ
|
21 ޑިސެންބަރ 2018 | ހުކުރު 22:19
ހ. ނީޓް ވިލާ ގޭގެ ބަދިގެ - ގޭސް އުނދުން ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައި
ހ. ނީޓް ވިލާ ގޭގެ ބަދިގެ - ގޭސް އުނދުން ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައި
ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާ
ހެންވޭރުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، ބަދިގެ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެއްޖެ
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ 07:32 ގައި
އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ

ހ. ނީޓް ވިލާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ، އެ ގޭގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެރޭ 07:32 ހާއިރު ކަމަށާއި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ގޭސް ފުޅި ލީކުވުމާއި ގުޅިގެން ކަމަށެވެ.

ޖުމްލަ 10 މީހުން ދިރިއުޅޭ އެ ގޭގެ ވެރިފަރާތުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ދެވަނަ ފަންގިފިލާގައި ކަމަށާއި، ގެއްލުން ލިބުނީ ބަދިގޭގައި ހިފާ ގެންގުޅޭ ސަމާނާއި ބަދިގޭގައި ހުރި އެހެން އިލެކްޓްރޯނިކް ސާމާނުތަކަށް ކަމަށެވެ. އަދި މި ހާދިސާގައި އެ ގޭގައި ދިރިއުޅޭ އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް އޭނާ ބުންޏެވެ. 

ގޭގެ ވެރިފަރާތުން ބުނީ އަލިފާނުގެ ހާދިސާ ހިނގުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމް އައިސް، އަލިފާންގަނޑު ވަރަށް އަވަހަށް ނިއްވާލާފައިވާ ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ އިތުރުން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ގެ އަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

އެ މީހާ އިތުރަށް ބުނީ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު އައިސް، އެތަން ބެލުމަށްފަހު ގޭގައި ނިދޭނެ ކަމަށް ބުނި ނަމަވެސް އެފަދަ މާހައުލެއްގެ ގޭގައި ނެތް ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ ހެންވޭރުގެ ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހީމް މަނިކު އެ ގެއަށް ޒިޔާރަތް ކުރެއްވިކަން ފާހަގަކޮށް އެ މީހާ ބުނީ އެއްދުވަހަށް ގޭގެ އެންމެންނަށް ބޯހިޔާވަހިކަމުގެ އިތުރުން ކެއުން އިބްރާހީމް މަނިކު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ ފަރާތުން ދިން އެއްބާރުލުމަށް ގޭގެ ވެރިފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް