Advertisement
ކ. މާލެ
|
20 ޑިސެންބަރ 2018 | ބުރާސްފަތި 19:46
ސައިރިކްސް ކޮލެޖްގައި ބޭއްވި ސެޓްފިކެޓް ދިނުމުގެ ހަފްލާގެ ތެރެއިން
ސައިރިކްސް ކޮލެޖްގައި ބޭއްވި ސެޓްފިކެޓް ދިނުމުގެ ހަފްލާގެ ތެރެއިން
މުހައްމަދު ޝަރުހާން
ސައިރިކްސް ކޮލެޖް
ސައިރިކްސް ކޮލެޖުން ހިންގި ވޯކްޝޮޕް ނިންމާ، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި
މި ވޯކްޝޮޕްގައި އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެފައިވޭ
ޖުމްލަ 27 ބައިވެރިންނަށް ވަނީ ސެޓްފިކެޓްތައް ހަވާލުކޮށްފައި

ސައިރިކްސް ކޮލެޖްގެ ފަރާތުން ކުރިއަށްގެންދިޔަ ވޯކްޝޮޕް ނިންމާ ބައިވެރިންނަށް ސެޓްފިކެޓްތައް ހަވާލުކޮށްފިއެވެ.

އެ ކޮލެޖްގެ ފަރާތުން މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 19 އިން 20 އަށެވެ. ކޮލެޖްގެ ފަރާތުން ކުރިއަށްގެންދިޔަ ވޯކްޝޮޕަކީ "ސިޗުއޭޝަނަލް ލީޑަރޝިޕް ވިތu ޕާސަނަލިޓީ ޓައިޕްސް" ވޯކްޝޮޕެވެ. މި ވޯކްޝޮޕްގައި އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެފައިވާއިރު ޖުމްލަ 27 ބައިވެރިންނަށް ވަނީ ސެޓްފިކެޓްތައް ހަވާލުކޮށްފައެވެ.

ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މަލީޙް ޖަމާލް ވިދާޅުވީ ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާ އަކީ ފަސޭހަ ދާއިރާއެއް ނޫން ކަމަށާއި ރާއްޖޭގެ އިޤްތިސާދަށް އައި ބަދަލާ ގުޅިގެން ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާ ފަރާތްތައް ފައި ހިފައްޓާ ކަމަކީ ވަރަށް އުފާ ކުރާ ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ މުހިންމު އެއް ބޭނުމަކީ މިކަހަލަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މަލީހު ވިދާޅުވިއެވެ.

ސައިރިކްސް ކޮލެޖްގެ ޑީން އޮފް ސްޓޫޑަންޓްސް އަނިލް އާދަމް ވިދާޅުވީ މި ވޯކްޝޮޕް ނަންގަވާ ދެއްވީ މެލޭޝިޔާގެ ވަރަށް ފުންނާބު އުސް ކޮންސަލްޓަންޓެއް ކަމަށާއި ރާއްޖޭގައި ހުރި ތަފާތު ސިނާއަތްތަކުގެ ހިންގުން ރަނގަޅު ކުރުމަކީ ކޮލެޖްގެ އަމާޒެއް ކަމަށެވެ. އަދި މި ވޯކްޝޮޕްގެ ތެރެއިން ތަފާތު މިޖާޒު އަދި އުމުރުފުރައިގެ މީހުންނާ އެއްކޮށް މަސައްކަތް ކުރާނެ ގޮތް ކިޔަވާދެވިފައިވާނެ ކަމަށް އަނިލް ވިދާޅުވިއެވެ.

ސައިރިކްސް ކޮލެޖަކީ ތައުލީމީ ދާއިރާގައި ފާހަގަކޮށްލެވޭ ކޮލެޖެކެވެ. އެގޮތުން ފާއިތުވި 25 އަހަރު ސައިރިކްސް ކޮލެޖް ވޭތުކުރި މާޒީގައި 23،000 އަށްވުރެ ގިނަ ކުދިން ވަނީ ތަފާތު އެކި ދާއިރާތަކުން ތައުލީމް ހާސިލްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް