ކ. މާލެ
|
11 ފެބްރުއަރީ 2017 | ހޮނިހިރު 03:56
މޯލްޑިވްސް އިންލަންޑް އޮތޯރިޓީ
މޯލްޑިވްސް އިންލަންޑް އޮތޯރިޓީ
މުހައްމަދު ފަޒީން
މޯލްޑިވްސް އިންލަންޑް ރެވެނިއު
ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ
އެންމެ ގިނައިން އާމްދަނީ ބަލައިގަނެފައިވަނީ އައްޑޫ ސިޓީ އަދި ހދ. ކުޅުދުއްފުށިން

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އަތޮޅުގެ ރަށްތަކުގައި ޤާއިމްކޮށްފައިވާ ސަރަޙައްދީ އޮފީސްތަކަށް މިދިޔަ އަހަރު ބަލައިގަތް އާމްދަނީ އިތުރުވެއްޖެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، 2016 ވަނަ އަހަރު އެންމެ ގިނައިން އާމްދަނީ ބަލައިގަނެފައިވަނީ އައްޑޫ ސިޓީ އަދި ހދ. ކުޅުދުއްފުށިންނެވެ. އެއީ ޖުމްލަ 65.1 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު އައްޑޫ ސިޓީން މީރާއަށް 36.6 މިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު ހދ. ކުޅުދުއްފުށީ ސަރަޙައްދީ އޮފީހުން 12.3 މިލިއަން ރުފިޔާ ބަލައިގަންފައިވާ ކަމަށް މީރާއިން ބުންޏެވެ.

ފުވައްމުލަކުން ވަނީ 5.9 މިލިއަން ރުފިޔާ ބަލައިގަނެފައެވެ.

ލ. ފޮނަދޫގައި ޤާއިމްކޮށްފައިވާ އޮފީހުން 5.6 މިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު، ބ. އަތޮޅު އޭދަފުށީ އޮފީހުން 3.5 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ.

ތިނަދޫ އޮފީހުން  328،523 ރުފިޔާ ބަލައިގަނެފައިވާއިރު  ށ.ފުނަދޫގައި ހުޅުވި އޮފީހަށް 194،294 ރުފިޔާ ލިބިފައިވެއެވެ.

ސަރަޙައްދީ އޮފީސްތައް މެދުވެރިކޮށް ޓެކްސް ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ މުހިއްމު މަޢުލޫމާތުތައް ދެމުންގެންދާކަމަށް މީރާއިން ވަނީ ހާމަކޮށްފައެވެ.

- ކޮމެންޓް