Advertisement
ކ. މާލެ
|
19 ޑިސެންބަރ 2018 | ބުދަ 13:54
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުން
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުން
ރާއްޖެ އެމްވީ
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުން
އަމާޒަކީ ހުރިހާ މައްސަލައެއް 3 މަސްތެރޭ ނިންމާލުން: ކޮމިޝަން
ބަލަމުންދާ މައްސަލަތަކުގެ ލިސްޓެއް ޑިސެމްބަރ 27 ގައި އާންމުކުރާނެ
1 ޖެނުއަރީ 2012 އިން 17 ސެޕްޓެމްބަރު 2018 ގެ މައްސަލަތައް ބަލާނެ

"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞާލިޙް އުފެއްދެވި ކޮމިޝަނުގެ އަމާޒަކީ މައްސަލަތައް ކުރިޔައް އޮތް ތިން މަސް ތެރޭގައި ނިންމާލުން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ. 

އެ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ލިސްޓެއް ޑިސެމްބަރ މަހުގެ 27ގައި އާންމު ކުރާނެ ކަމަށާއި، ކޮމިޝަނުގެ އަމާޒަކީ ކުރިއަށް އޮތް ތިން މަސް ތެރޭގައި އެ ހުރިހާ މަސައްކަތެއް ނިންމާލުން ކަމަށެވެ. 

އެ ކޮމިޝަނުން ބެލުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ 1، 2012 އިން ސެޕްޓެމްބަރު 17، 2018 އަށް ހިނގާފައިވާ މައްސަލައެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޝަން އުފެއްދެވީ އެ މުއްދަތުގެ ތެރޭގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، އެކިއެކި ސަބަބުތައް މެދުވެރިވެގެން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ނުކުރެވި ހުރި މައްސަލަތަކުގެ މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، ޙަޤީޤަތް ހޯދައި، ޢާންމުކުރުމަކީ އިންސާފު ޤާއިމުކުރުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިގަންނަވާތީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް