Advertisement
ކ. މާލެ
|
17 ޑިސެންބަރ 2018 | ހޯމަ 13:22
ސިމެންތި ބަސްތާ ވެއްޓުނު ހާދިސާ
ސިމެންތި ބަސްތާ ވެއްޓުނު ހާދިސާ
ރާއްޖެ އެމްވީ
ސިމެންތި ބަސްތާ ވެއްޓުން
ސިމެންތި ބަސްތާއިން ޖެހި ޒަހަމްވި ކުއްޖާ ނިޔާވެއްޖެ
ނިޔާވެފައިވާކަން އާއިލާއިން ކަށަވަރުކޮށްދޭ
ނިޔާވެފައިވަނީ ހޯމަ ދުވަހު މެންދުރު

މާފަންނުގައި ހަދަމުންދާ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި، ބޮޑެތި އަނިޔާތަކެއް ލިބުނު ކުއްޖާއަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެ ކަމަށް އާއިލާއިން ބުނެފި އެވެ. 

ފ. ނިލަންދޫގައި މަސައްކަތްކުރާ ބަންގަދޭޝްގެ ދެ ޑޮކްޓަރުންގެ ހަތް އަހަރުގެ އަންހެން ކުއްޖާ ނިޔާވީ، އާއިލާއިން ބުނި ގޮތުގައި މެންދުރު 12:45 ހާއިރު އެވެ. 

އެ ކުއްޖާ ނިޔާވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. އިއްޔެ ހެނދުނު ސިމެންތި ބަސްތާއިން ޖެހި އަނިޔާ ލިބުނު ކުއްޖާ، ހަ ގަޑިއިރު އޮޕަރޭޝަނެއް އިއްޔެ ކުރި އެވެ. އަދި ރޭ މެންދަމު ވެސް އެއްގަޑިއިރުގެ އޮޕަރޭޝަނެއް ކުރި އެވެ. 

ސިމެންތި ބަސްތާ ވެއްޓުނު މައްސަލައިގައި އިހްމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް