Advertisement
ކ. މާލެ
|
17 ޑިސެންބަރ 2018 | ހޯމަ 08:57
ޗީފް އޮފް ޑިފެންސް ފޯސް ސިފައިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަނީ
ޗީފް އޮފް ޑިފެންސް ފޯސް ސިފައިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަނީ
އެމްއެންޑީއެފް
ސިފައިންނާ ބައްދަލުކުރުން
ރިޔާސީ އިންތިޚާބުގައި ސިފައިން ކުރި މަސައްކަތަށް ރައްޔިތުން ފަޚުރުވެރިވޭ:ޝަމާލް
ސިފައިންނަކީ އަސްކަރީ އަޚުލާޤާއި ފަންނީ ޤާބިލުކަން ހުރި ބަދަހި ލަޝްކަރެއްގެ ގޮތުގައި ދެމި ތިބުމަށް އިލްތިމާސް ކުރަން
ސިފައިން ކޮށްގެން ތިބި ހުވައިގެ މަތިން ހަނދާން އައު ކޮށް ޤާނޫނުން ސިފައިންނަށް ލާޒިމުކޮށްފައިވާ އެންމެހާ ކަންކަން ކުރުމުގައި ދެމި ތިބުމަށް ނަސޭހަތްތެރިވަން

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު އޮމާންކޮށް ގެންދިއުމަށް ސިފައިން ކުރި މަސައްކަތަށް ދިވެހި ރައްޔިތުން ފަޚުރުވެރިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ. 

އާ ޗީފް އޮފް ޑިފެންސް ފޯސްގެ ހައިސިއްޔަތުން ޝަމާލް އާދީއްތަ ދުވަހުގެ ރޭ ސިފައިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވިދާޅުވީ ދިވެހިރާއްޖޭ ޑިމޮކްރަސީއަށް މިކުރި ދަތުރުގައި ސިފައިން ވަނީ ތަފާތު ކޮށްފައިވާ ކަމަށާއި އޭގެތެރެއިން ގިނަ ތަޖުރިބާތަކަކީ ސިފައިން ފަޚުރުވެރިވާ ތަޖުރިބާތަކެއް ކަމަށެވެ. 

"އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ރީތިކޮށް ފަހިވެގެން ދިޔަ ހިނދު، އެއްވެސް ކަހަލަ ނުކިއްސަރު ކަމެއް ނައިސް އަމަންއަމާންކަން ގާއިމު ދިޔަ ދިޔުމުގައި ސިފައިން ކުރި މަސައްކަތަށް މިއަދު ރައްޔިތުން ފަހުރުވެރިވޭ،" އޭނާ ވިދާޅުވި އެވެ. 

ކަޅުތުއްކަލާކޮށީގެ ބޭއްވި މި ބައްދަލުކުރެއްވުމުގައި ޝަމާލް ވަނީ ސިފައިންނަކީ އަސްކަރީ އަޚުލާޤާއި ފަންނީ ޤާބިލުކަން ހުރި ބަދަހި ލަޝްކަރެއްގެ ގޮތުގައި ދެމި ތިބުމަށް އިލްތިމާސް ކުރާ ކަމަށެވެ. ސިފައިން ކޮށްގެން ތިބި ހުވައިގެ މަތިން ހަނދާން އައުކޮށް ޤާނޫނުން ސިފައިންނަށް ލާޒިމުކޮށްފައިވާ އެންމެހާ ކަންކަން ކުރުމުގައި ދެމި ތިބުމަށް އޭނާ ވަނީ އެންމެހާ ސިފައިންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ޤައުމަށް ޙިދުމަތް ކުރުމުގައި ސިފައިންނަކީ ފަޚުރުވެރި، ޝަރަފުވެރި ބައެއްކަން ފާހަގަކުރައްވައި، ޝަމާލް ވަނީ ރައްޔިތުންނާ އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކޮށް، ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަށް ސިފައިންގެ ކިބައިންގެ އެދިވަޑައިގެންފައެވެ.

​​​​​​​ޗީފް އޮފް ޑިފެންސް ފޯސް، ސިފައިންނާ ބައްދަލު ކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވަނީ ޑިސެމްބަރު 11 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް