Advertisement
ކ. މާލެ
|
17 ޑިސެންބަރ 2018 | ހޯމަ 21:44
ސިމެންތި ބަސްތާ ވެއްޓުމުގެ ކުޑަވގުތުކޮޅެއްކުރިން
ސިމެންތި ބަސްތާ ވެއްޓުމުގެ ކުޑަވގުތުކޮޅެއްކުރިން
ރާއްޖެ އެމްވީ
ސިމެންތި ބަސްތާއެއް ވެއްޓުުން
ގައި މައްޗަށް ސިމެންތި ބަސްތާ ވެއްޓުނު ކުއްޖާގެ އޮޕަރޭޝަން ކޮށްފި، ހާލު ސީރިއަސް!
ކުއްޖާއަށް ދަނީ އައިސީޔޫގައި ފަރުވާދެމުން
އޭނާގެ ހާލު ސީރިއަސް ކަމަށް ޑޮކްޓަރުން ވިދާޅުވޭ

މާފަންނު ނަލަހިޔާ ސަރަހައްދުން ހިނގާފައި ދަނިކޮށް އެ ސަރަހައްދުގައި އިމާރާތް ކުރަމުން ދިޔަ ގެއެއްގެ މަތިން ސިމެންތި ބަސްތާ އެއް ވެއްޓި، ބޮޑެތި އަނިޔާތަކެއް ލިބުނު ކުއްޖާގެ އޮޕަރޭޝަން ކޮށް ނިމިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޮޕަރޭޝަނަށް ފަހު ކުއްޖާ އަށް އައިސީޔޫގައި ފަރުވާދެމުން ދާ ކަމަށާއި، އޭނާގެ ހާލު ސީރިއަސް ކަމަށް ޑޮކްޓަރުން ވިދާޅުވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން މާލޭ ސިޓީ ކައުންސިލުގެ މޭޔަރ ސިފާ ވިދާޅުވީ، އެ ހާދިސާގައި އެކުއްޖާގެ ބޮލަށާއި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

މޭޔަރ އިތުރަށް ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި މާލޭ ސިޓީ ބެލެހެއްޓުމުގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް ކަމަށެވެ.

"ގާތްގަނޑަކަށް 5 އަހަރު މިވަނީ މިހެންހުރި ހުރިހާ މަސައްކަތްތަކެއް ބޭނުންހާ ގޮތަކަށް ކުރީގެ ސަރުކާރުން ދޫކޮށްލެވިފަ ވާތީވެ، އަޅުގަނޑުމެން ހަމަމަގަށް އެޅުވުމަށްޓަކައި މާދަމާގެ ބައްދަލުވުންވެސް ޝެޑިއުލް ކޮށްފަ މި އޮތީ" މޭޔަރ ވިދާޅުވިއެވެ.

މީގެ އިތުރުން، އިމާރަތްކުރުމުގެ ކަންކަމުގައި ކުންފުނި ތަކުން ބޮޑު ޒިންމާ އެއް އަދާކުރަން ޖެހޭ ކަމަށް މި ހާދިސާއާ ގުޅިގެން ދެއްވި ޕްރެސް ކޮންފަރެންސެއްގައި ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް