Advertisement
ކ. މާލެ
|
16 ޑިސެންބަރ 2018 | އާދީއްތަ 11:31
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
އޭއެފްޕީ
ރައީސް މުހައްމަދު ނަޝީދު
ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ބޮޑަށް ގުޅިފައިވަނީ އިންޑިއާއާ:ނަޝީދު
ރައީސްއަށް ކާމިޔާބު ދަތުރަކަށް އެދިފައިވޭ
މި ދަތުރުގެ ސަބަބުން ދިވެހިންނަށް އިތުރު ކާމިޔާބީ ލިބޭނެ

ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ބޮޑަށް ގުޅިފައިވަނީ އަވައްޓެރި އިންޑިއާއާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅާއި ގުޅިގެން އާދިއްތަ ދުވަހު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ކާމިޔާބު ދަތުރަކަށް އެދިލައްވާ ކަމަށާއި، ޝައްކެއް ނެތް ގޮތުގައިވެސް މި ދަތުރުފުޅުގެ ސަބަބުން ދިވެހިންނަށް އިތުރު ކާމިޔާބީ ލިބިގެންދާނެ ކަމަށެވެ.

އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި، އާ އިންވެސްޓްމެންޓްތައް ގެނައުމަށް މަޝްވަރާތަކެއް ކުރައްވާނެ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހް ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދާއި، ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން ޕްލޭނިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމްގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ބައިވެރިވެވަޑައިގެންނެވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް