ކ. މާލެ
|
10 ފެބްރުއަރީ 2017 | ހުކުރު 14:58
ޓަވަރުގެ ވަށައިގެން ލެވޭ ފާރަކީ ވަޒަން ނާރާ ފާރެއް
ޓަވަރުގެ ވަށައިގެން ލެވޭ ފާރަކީ ވަޒަން ނާރާ ފާރެއް
ރާއްޖެއެމްވީ
ފްރާންސް
އައިފްލް ޓަވަރު ވަށައިގެން ބިއްލޫރި ފާރެއްލަނީ
ފާރުގެ ސަބަބުން ވަކިވަކި ފަރުދުން ނުވަތަ ދުއްވާ އެއްޗެހީގައި ގޮސް ހަމަލާ ދިނުމުން ރައްކާތެރިކުރެވިގެންދާނެ

ކުރިޔަށް އޮތް އޯޓަމްގައި އައިފްލް ޓަވަރުގެ ވަށައިގެން އަށް ފޫޓުގެ ބިއްލޫރި ފާރެއްލުމަށް ނިންމާފައިވާ ކަމަށް ފްރާންސުން ބުރާސްފަތި ދުވަހު ބުނެފިއެވެ.

އެގައުމުން ބުނީ ރައްކާތެރިކަމަށް އަޅާ އެ ފިޔަވަޅަކީ އެ ގައުމުގެ ރަމްޒެއް ކަމަށްވާ އެ މޮނިއުމެންޓަށް އަތުވެދާނެ ހަމަލާއަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.

ޕެރިހުގެ ޑެޕިއުޓީ މޭޔަރ ޖީން ފްރަންސުވާ މާޓިންސް ވިދާޅުވީ ފްރާންސަށް އޮތް  ބިރުވެރިކަން ބޮޑުކަމަށާއި އެންމެ ނުރައްކާބޮޑު ތަންތަން ފެށިގެން އަންނަނީ އައިފްލް ޓަވަރުން ކަމަށެވެ. އެތަނަށް ޚާއްސަ ސަލާމަތި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ  އަހަރަކު ހަ މިލިއަނެއްހާ މީހުން ޒިޔާރަތްކުރާ އެ ސައިޓަށް ފާރުގެ ސަބަބުން ވަކިވަކި ފަރުދުން ނުވަތަ ދުއްވާ އެއްޗެހީގައި ގޮސް ހަމަލާ ދިނުމުން ރައްކާތެރިކުރެވިގެންދާނެ ކަމަށެވެ.

ޖެނުއަރި 2015 ން ފެށިގެން ޖުލައި 2016އާ ހަމައަށް ޖިހާދީންގެ އެކިއެކި ހަމަލާތަކުގައި 238 މީހެއްގެ ފުރާނަ ގޮސްފައިވާއިރު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް