Advertisement
ކ. މާލެ
|
15 ޑިސެންބަރ 2018 | ހޮނިހިރު 14:17
ކުރީގެ ރައީސް އަބްދުﷲ ޔާމީން ކާރުކޮޅަށް އަރައިވަޑައިގެންނެވުމުގެ ކުރިން ސަޕޯޓަރުން އެމަނިކުފާނު ގެކޮޅު ކައިރީގައި
ކުރީގެ ރައީސް އަބްދުﷲ ޔާމީން ކާރުކޮޅަށް އަރައިވަޑައިގެންނެވުމުގެ ކުރިން ސަޕޯޓަރުން އެމަނިކުފާނު ގެކޮޅު ކައިރީގައި
ރާއްޖެއެމްވީ
ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުން
މުޒާހަރާއާ ހެދި ކުރީގެ ރައީސް ޔާމީން ކާރުކޮޅުގައި ޕޮލިހަށް ވަޑައިގެންފި
އެމަނިކުފާނު ފުލުހަށް ހާޒިރުވެފައިވަނީ ކާރުކޮޅުގަ
ޗިޓް ފޮނުވާފައިވަނީ ހޮނިހިރު ދުވަހު 14:00 އަށް ހާޒިރުވުމަށް

ވެރިކަމުގައި ހުންނަވައި ޤާނޫނާއި ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހްމަތުކުރެވޭ މައްސަލަތަކުގެ ތަހްގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޮނިހިރު ދުވަހު ފުލުހަށް ހާޒިރުވެ ވަޑައިގެންފިއެވެ.

މިއަދު 2:00 ގައި ޔާމީން ޕޮލިހަށް ހާޒިރުވެވަޑައިގަތުމަށް ނިންމާފައި އޮތީ އެ މަނިކުފާނުގެ ސަޕޯޓަރުންނާއެކު ހިންގަވާފަ އެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުން އެ މަނިކުފާނު ހައްޔަރުކުރަން ގޮވާލައި މުޒާހަރާއަށް ނުކުތުމުން ޕޮލިހަށް ވަޑައިގަތީ ކާރުކޮޅުގަ އެވެ. 

ޔާމީން ފުލުހުންގެ މައި މަރުކަޒުގައި ހުންނެވިއިރު، ޕީޕީއެމްގެ ސަޕޯޓަރުންނާއި އެމްޑީޕީގެ މެމްބަރުން މިހާރު ތިބީ ބޮޑުތަކުރުފާނު ބޭންކު އޮފް މޯލްޑިވްސް ކައިރީގަ އެވެ. 

Caption

އެމްޑީޕީގެ މެމްބަރުން ރައީސް ޔާމީން ހައްޔަރުކުރުމަށް ގޮވާލަމުންދާއިރު، ޕީޕީއެމްގެ ސަޕޯޓަރުން ގޮވަމުން ދަނީ ސަރުކާރުން ޔާމީން ހައްޔަރުކުރަން ބޭނުންވި ނަމަވެސް އެ މަނިކުފާނު ހައްޔަރުކޮށްފައި ބެހެއްޓޭނެ ޖަލެއް ނުހުންނާނެ ކަމަށެވެ. 

ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީން ހާޒިރުކުރަނީ ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ބުނެ، ދައުލަތުގެ އިދާރާތަކުން ފުލުހަށް ހުށަހަޅާފައިވާ މައްސަލަތަކެއްގެ ތަހުގީގަށް ކަމަށެވެ. އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުން ގެންދާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް