Advertisement
ކ. މާލެ
|
14 ޑިސެންބަރ 2018 | ހުކުރު 18:35
ކަލަންޑަރު ލޯންޗުކުރުމުގެ ތެރެއިން
ކަލަންޑަރު ލޯންޗުކުރުމުގެ ތެރެއިން
ރާއްޖެއެމްވީ
އާކްގެ ކަލަންޑަރު ލޯންޗުކުރުން
އާކްގެ 2019 ވަނަ އަހަރުގެ ކަލަންޑަރު ލޯންޗުކޮށްފި
އަންނަ އަހަރުގެ ކަލަންޑަރު ހާއްސަ ކުރެވިފައިވަނީ ކުޑަކުދިންނާއި ސަޤާފަތަށް
ކަލަންޑަރު 100 ރުފިޔާއަށް ލިބޭނެ

އާކްގެ ފަރާތުން 2019 ވަނަ އަހަރުގެ "ޗިލްރެން އެންޑް ކަލްޗަރ" ކަލަންޑަރު ލޯންޗުކޮށްފިއެވެ.

ހުކުރު ދުވަހުގެ ހަވީރު ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ހަފްލާގައި މި ކަލަންޑަރ ލޯންޗުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުއެވެ.

މި ކަލަންޑަރު ލޯންޗު ކުރުމުގެ ހަރަކާތް އާކްގެ ފަރާތުން ހުކުރު ދުވަހުގެ އިރުއޮއްސި 6 އަކަށް ކުރިއަށް ގެންގޮސްފައިވާއިރު އެކި ސްޓޯލްތައް މެދުވެރިކޮށް ވަނީ ރާއްޖޭގައި ސަޤާފަތާއި ކުޑަކުދިން ޅަފަތުގައި ކުޅުނު ބައެއް ކުޅިވަރުތައް ވެސް ދައްކާލާފައެވެ.

މި ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވިދާޅުވީ ދިވެހިންނަކީ ވަރަށް ރީތި އާދަކާދަތައް ގެންގުޅޭ ބައެއް ކަމަށާއި އަވަށްޓެރިންނަށް ގޮވާލަން ދިއުމާއި، އަވަށްޓެރިންނަށް އިހްތިރާމް ކުރުމަކީ ދިވެހިންގެ ތެރޭގައި އޮތް ވަރަށް ރަނގަޅު އާދަކާދައެއް ކަމަށެވެ. އަދި އެކަހަލަ ކަންތައްތައް އާކް ފަދަ ޖަމިއްޔާއެއް މެދުވެރިކޮށް ކުދިންނަށް ދަސްކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.  

އާކްގެ މެނޭޖިންގ ޑިރެކްޓަރ މުރުތަލާ މޫސާ ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން ހޭލުންތެރިކަން އެކި ކަންތައްތަކުން ދައްކުވައިދިނުމުގެ ގޮތުން ވަކި ތީމް އަކަށް ބިނާކޮށް ކަލަންޑަރުތައް ތައްޔާރު ކުރަމުން އަންނަ ކަމަށާއި އަންނަ އަހަރުގެ ކަލަންޑަރު ހާއްސަ ކުރެވިފައިވަނީ ކުޑަކުދިންނާއި ސަޤާފަތަށް ކަމަށެވެ.

އާކްގެ ފަރާތުން 100 ރުފިޔާއަށް ވިއްކުމަށް ނިންމާފައިވާއިރު ކަލަންޑަރު ވިއްކައިގެން ލިބޭ ފައިސާ އާކްގެ ފަރާތުން ހަރަދު ކުރުމަށް ނިންމާފައިވަނީ އެ ޖަމިއްޔާ އިން އަންނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ އެކި ޕްރޮގްރާމްތަކަށާއި ހަރަކާތްތަކަށެވެ.

އާކް އަކީ ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގައި ވަކާލާތު ކުރެއްވުމަށް ކުރީގެ ޖެންޑާ އެންޑް ފެމެލީ މިނިސްޓަރު ޒެނީޝާ އުފެއްދެވި ޖަމިއްޔާއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް