Advertisement
ކ. މާލެ
|
13 ޑިސެންބަރ 2018 | ބުރާސްފަތި 23:28
ކުޅުދުއްފުށީ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއުގައި ސޮއިކުރުން
ކުޅުދުއްފުށީ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއުގައި ސޮއިކުރުން
އެމްޓީސީސީ
ކުޅުދުއްފުށީ ބަނދަރު ބޮޑު ކުރުން
ކުޅުދުއްފުށީ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއުގައި ސޮއިކޮށްފި
މަޝްރޫއު ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 450 ދުވަސް ތެރޭގައި
މި މަޝްރޫއު އަކީ އޭޝިއަން ޑިވަލޮޕްމަންޓް ބޭންކްގެ ފަރާތުން ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް

ހދ. ކުޅުދުއްފުށީ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއުގެ އެގްރީމަންޓްގައި ސޮއިކޮށްފިއެވެ.

ޑިސެމްބަރު 12 ވަނަ ދުވަހު މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެގްރީމަންޓްގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީންއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރަކަށް ހަސަން ޝާހްއެވެ.

މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ ބައެއް ކަންތައްތަކަކީ:

  • މުދާ އުފުލުމަށާއި ދަތުރުވެރިންނަށް ހާއްސަ ބަނދަރެއް ހެދުމާއި އާ ނެރު ހެދުން
  • ކުދި އުޅަނދުތައް އެޅުމަށް ޖެޓީތަކެއް ހެދުން
  • މުދާ އުފުލާ ބޭލުމަށް ރޭމްޕެއް ހެދުން
  • ފެރީ ޓާރމިނަލް އިމާރާތް ހެދުން
  • މަސް މާރުކޭޓެއް ހެދުން
  • ކުދި އުޅަނދު ފަހަރު ބޭނުން ކުރުމަށާއި މޫދު ކުޅިވަރު ކުޅުމަށް ވޯޓަރ ފްރަންޓް ޒޯނެއް ހެދުން

މި މަޝްރޫއު އަކީ އޭޝިއަން ޑިވަލޮޕްމަންޓް ބޭންކްގެ ފަރާތުން ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އަދި އެ ބޭންކުން މި މަޝްރޫއަށް ފަންޑް ކުރުމަށް ހަމަޖެހިފައިވާއިރު މި މަޝްރޫއު ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 450 ދުވަސް ތެރޭގައެވެ.

ކުޅުދުއްފުށީގައި މިހާރު ބޭނުންކުރަމުން ދަނީ 800 ފޫޓު ދިގު 200 ފޫޓު ފުޅާ ބަނދަރެކެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް