އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފިއެވެ.
ރައީސް ޓްރަމްޕް ރައީސް ޝީއަށް ފޮނުއްވި ސިޓީގައި ރައީސް ޓްރަމްޕް މިދިޔަ މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުން، ރައީސް ޝީ މަރުހަބާ ވިދާޅުވީތީ ޝުކުރު އަދާކުރައްވާ އަދި ބިނާކުރަނިވި ގުޅުުމަކަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
މިދިޔަ ޖެނުއަރީމަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވި ރައީސް ޓްރަމްޕް ޑޮނަލްޑް ޓްރަމްޕް ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންނާ ފޯނުން ގުޅުއްވަމުން ގެންދެވި ނަމަވެސް އަދި މިހާތަނަށް ޗައިނާއާ އެއްވެސް މުއާމަލާތެއް ކުރައްވާފަ ނުވާއިރު ރައީސް ޓްރަމްޕްގެ މި ސިޓީއަށް ވަނީ މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިފައެެވެ.
ރައީސް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވަނީ ޗައިނާ ގެންގުޅޭ ބައެއް ޕޮލިސީތަކަށް ވަނީ ފާޑުވިދާޅުވެފައެވެ. އޭގެތެރޭގައި ޗައިނާގެ އެކްސްޗޭންޖް ރޭޓް ޕޮލީސީ އަށާއި ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ އޮޕަރޭޝަންތަކަށް ރައީސް ޓްރަމްޕް ވަނީ ފާޑުވިދާޅުވެފައެވެ.