Advertisement
ކ. މާލެ
|
12 ޑިސެންބަރ 2018 | ބުދަ 14:19
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް 2018
ފަސޭހައިން ކުންފުނިތައް އުވާލެވޭ ގޮތަށް ހުށަހެޅި އިސްލާހު ފާސްކޮށްފި
ބިލު ފާސްވެފައިވަނީ 60 މެމްބަރުންގެ ވޯޓުން
ބިލު ހުށައެޅީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު

ފަސޭހައިން ކުންފުނިތައް އުވާލެވޭ ގޮތަށް ކުންފުންޏާއި ބެހޭ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވި މި ބިލު ބުދަ ދުވަހުގެ މަޖިލީހުން ފާސްވެފައިވަނީ 60 މެމްބަރުންގެ ވޯޓުންނެވެ.

މި ބިލު ހުށަހެޅުއްވި މައިގަނޑު ސަބަބަކީ ވޭތުވެދިޔަތަނުގެ އަހަރީ ފީ ނުދައްކައި ހުރި ކުންފުނިތަކާއި، އަހަރީ ހިސާބުތަކާއި، ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި، އޮޑިޓަރުންގެ ރިޕޯޓް ހުށަނާޅާ ކުންފުނިތަށް އުވާލެވޭނެ ނިޒާމެއް ނެތުމުގެ ސަބަބުން ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުން ކަމަށް ޣަފޫރު ވަނީ ވިދާޅުވެފައެވެ.

ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުން އަމިއްލައަށް އެދިގެންނާއި، ޝަރުއީ ކޯޓުތައް މެދުވެރިކޮށްގެންނާއި، ރެޖިސްޓްރާ އޮފް ކޮމްޕެނީސް މެދުވެރިވެ ކުންފުނި އުވާލުމަކީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ކުންފުނިތައް އުވާލެވޭ މައިގަނޑު 3 ގޮތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް